ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޕްރީސްކޫލު ކުދިންނަށް ކިޔަވައިދޭން ފަށައިފި
މާލޭ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ޕްރީސްކޫލު ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.

މާޗް 12 ގެ ރާއްޖޭ ސްކޫލުތައް ބަންދު ކުރުމަށް ފަހު ޖުލައި 1 ގައި މާލެ ނޫން ރަށްރަށުގައި ގްރޭޑް 1 އިން މަތީގެ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ.

ފައުންޑޭޝަން އަދި ޕްރީސްކޫލް ކުދިންނަށް ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް، މާލެ ސަރަހައްދުގައި އެ އުމުރުގެ ކުދިންނަށް އަދިވެސް ސްކޫލަށް ގެންދިޔުމުގެ ހުއްދައެއް ނެތެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު މަހުގެ 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ފްރީސްކޫލު ދަރިވަރުންގެ ކިޔެވުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މިއަދު އެ ދަރިވަރުނަށް ސްކޫލުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭން ފެށޭނެ ކަމަށް ވިދާޅުވި އެވެ. 

މާލެ ސަރަހައްދުގައި ގްރޭޑް 7 އިން މަތީގެ ދަރިވަރުން މިހާރު ކިޔަވަން ދަނީ ސްކޫލަށެވެ. މިހާރު ކުރިއަށްދާ މި އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރު 3 ގައި ކަމަށް އެކެޑެމިކް ކަލަންޑަރުގައި ވެއެވެ. އެހެންކަމުން އަންނަ އަހަރު ދެވަނަ ޓާމް ކުރިއަށް ގެންގޮސް، އާ ދިރާސީ އަހަރު ފެށޭނީ އޮގަސްޓް 10 ގައި ކަމަށް ކަލަންޑަރުގައި ވެއެވެ.

ސްކޫލުތަކުގައި ކިޔަވައިދެމުން އަންނައިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދަނީ މަސައްކަތްތެކެއް ވެސް ކުރަމުންނެވެ. އެގޮތުން ސްކޫލަށް ދަރިވަރުން ވަނުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ހުން ހުރިތޯ ބެލުމަށް ފަހު، އަދި ސެނިޓައިޒާ ވެސް ދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް