ads
ކޮވިޑް ޓެސްޓް ހަދަނީ--
ލޮކްޑައުނަށް ދިޔަތާ ހަތް މަސް: ދަސްވީ ކޮން އެއްޗެއް؟
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަން ރާއްޖެއާ ހަމައަށް އައުމުން ލޮކްޑައުނަކަށް ދިޔަ އެވެ. އޭޕްރިލް 15 ގައި ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅުވާލީ ކޭސްތައް ދަށަށް ދިޔުމުންނެވެ. އޭގެ ފަހުން މިއަދަށް ހަތް މަސް ފުރުނުއިރު، އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ފަރުވާ ތެރިކަމާއެކު އެކަކު އަނެކަކަށް ބަލައިގެން އުޅެމުން ދިޔަ ނަމަވެސް ގިނަ މީހުން އުޅެމުން ދަނީ ފަރުވާލެއް ނެތިއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކޮވިޑުގެ ނުރައްކަލެއް ދިވެހިންނަކަށް ނެތެވެ. 

"ތިޔަ ކޮވިޑަކީ އޭގެ މާ ބޮޑު ނުރައްކަލެއް ދިވެހިންނަށް އޮތް ބައްޔެއް ކަމަށް ތަފާސްހިސާބަކުން ނުދައްކާ. ޑެންގީގެ ނުރައްކާ މާ ބޮޑު. އެކަމަށް އެކަށިގެންވާ ފިޔަވަޅެއް ނޭޅި ކޮވިޑޭ ކިޔާނެ ކަމެއް ނެތް. އެހެން ނޫނަސް ސަރުކާރުން ފަރުވާ ކުޑަކުރާ ނަމަ ރައްޔިތުން ސަމާލުކަން ދޭވަރު ކުޑަވާނެ،" މިއީ ސީއެންއެމުން ކުރިން ޝާއިއުކުރި ރިޕޯޓަކަށް މީހަކު ކޮށްފައިވާ ކޮމެންޓެކެވެ. 

ތަފާސްހިސާބަށް ބަލާއިރު 12،154 މީހުން ރާއްޖޭގައި މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 11،262 މީހުން ރަނގަޅުވެފައި ވާއިރު، 850 އެކްޓިވް ކޭސް މި ވަގުތު އެބަ އުޅެ އެވެ. އޭގެ ތެރެއިން 246 މީހަކު އައިސޮލޭޓް ކޮށްފައި ވާއިރު، 49 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފާއިތުވި ހަތް މަހުގެ ތެރޭގައި ރާއްޖެއިން 42 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ ކޮންމެވެސް އެހެން މައްސަލައަކަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. އެހެންކަމުން ރާއްޖެއިން ފެންނަން އޮތް ހަގީގަތަކީ މި ބަލީގައި ފުރާނައަށް ނުރައްކާ ވަނީ މުސްކުޅިންނާއި ބަލި މީހުންނަށް ކަމެވެ. 

މި ތަފާސްހިސާބަށް ބަލާއިރު، ދިވެހިންނަށް ބަލީގެ އަސަރު ކުޑަ ކަމަށް ބުނެވޭކަށް ނެތެވެ. ކޮވިޑާ ގުޅޭ މާ ގިނަ ދިރާސާތަކެއް ކުރެވިފައި ނެތް ނަމަވެސް، މިހާތަނަށް އެނގިފައިވާ ގޮތުގައި ނުރައްކާ ބޮޑު ވަނީ އެ ދެ ގްރޫޕުގެ މީހުންނަށެވެ. ރާއްޖޭގައި ވެސް އެ ދެ ގްރޫޕަށް ނިސްބަތްވާ މީހުންނަށް ނުރައްކާ ބޮޑެވެ. އެކަމަކު އޭގެ މާނައަކީ އެހެން މީހުންނަށް ނުރައްކާ ނެތުމެއް ނޫނެވެ. 

ދިވެހިންގެ ތެރޭގައި ވެސް ސިއްހީ ގޮތުން ރަނގަޅު އަދު ޒުވާން އުމުރުގެ މީހުންނަށް މި ބަލި ޖެހުމުން ބައެއް ފަހަރު ބޮޑުވަރު އެބަ ވެއެވެ. އެގޮތުން ނޭވާލަން ދަތިވެ، ގައިގައި އާދަޔާ ހިލާފަށް ބޮޑަށް ރިއްސުމުގެ ސަބަބުން އެނދުން ނުތެދުވެވޭ ވަރު އެތައް ޒުވާނުންނަކަށް ވެފައި ވެއެވެ. ޒުވާނުންގެ މެދުގައި ކޮވިޑުގެ މަރު މަދު ނަމަވެސް، ހާލު ގޯސްވާ ގިނަ ބަޔަކު އެއް ފަހަރާ އަތުވެއްޖެ ނަމަ، ސިއްހީ ނިޒާމަށް ލޯޑު ބޮޑުވެ، ފަރުވާ ނުދެވޭ ފަދަ ސިނޭރިއޯއެއްގައި ފުރާނަ ގެއްލިގެން ދިޔުން އެކަށީގެންވެ އެވެ. 

ކޮވިޑުގެ ފުރަތަމަ ރާޅާއި ދެވަނަ ރާޅާ ކުރިމަތިލައި ނިމުނުއިރު، ބަލި ޖެހޭ ރޭޓު މި ވަނީ މީގެ ފަސް މަސް ކުރިން ހުރި މިންވަރަށް ދަށަށް ގޮސްފަ އެވެ. އެއާއެކު ސަރުކާރުން މިހާރު ވަނީ އިތުރު ލުއިތަކެއް އަނެއްކާވެސް ދީފަ އެވެ. އެހެންކަމުން ތިންވަނަ ރާޅެއް ކުރިމަތިވާނެ ކަމަށް ބަލައި، ފަރުދީ ގޮތުން ޒިންމާދާރުވުން މުހިއްމެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް