ads
ސިނަމާލެ ބްރިޖު----ފޮޓޯ: ސީއެންއެމް
ބްރިޖުން ފީ ނަގަން ނުވިސްނަން: ނަހުލާ
ސިނަމާލޭ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީނެގުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކަން ހާމަކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމުގަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ ހިދުމަތަކީ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވާ ވިދާޅުވީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ މުހިއްމު މަސްއޫލިއްޔަތަކަށް ވާންވާނީ އެ ރައްޔިތުންނަށް ފަސޭހައިން އަސާސީ ހިދުމަތް ލިބޭނެ މަގެއް ހޯދައިދިނުން ކަމަށެވެ.

ސިނަމާލޭ ބްރިޖް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި ސެޕްޓެމްބަރުގައި އާންމުންނަށް ހުޅުވާލިއިރު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމެއް ޑިޒައިންކުރުމަށް ބްރިޖުގެ މަސައްކަތްކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭރު ހައުސިން މިނިސްޓްރީ އަދި ފުލުހުންނާއި ޓްރާންސްފޯޓް އޮތޯރިޓީ ގުޅިގެން އެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ސަރުކާރު އައުމާއެކު އެ މަސައްކަތް ހުއްޓުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް