ads
އިމާދުއްދީން އައުޓް ޑޯ ލައިބްރަރީ---
އިމާދުއްދީން ސްކޫލްގެ އައުޓްޑޯ ލައިބްރަރީއެއް ހުޅުވައިފި
ރާއްޖޭގެ ސްކޫލްއެއްގައި ހުޅުވި ފުރަތަމަ އަައުޓްޑޯ ލައިބްރަރީ އިމާދުއްދީން ސްކޫލްގައި ހުޅުވައިފި އެވެ.

އެ ލައިބްރަރީ ހުޅުވާފައިވަނީ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ހުސް ޖާގާގަ އެވެ. ވަށައިގެން ފެހިކަން ފެންނަ ހިތްގައިމު ގޮތަކަށް ހަދާފައިވާ އެ ލައިބްރަރީ އެއްފަހަރާ 32 ކުދިންނަށް ބޭނުންކުރެވޭއިރު ފޮތްތައް ތަރުތީބުކޮށް ބެހެއްޓުމަށް ކަބަޑާއި ދަރިވަރުންނަށް އިށީންނަން ޖޯލި އަދި ލަކުޑިން ހަދާފައިވާ ބެންޗު އެ ލައިބްރަރީގައި ބަހައްޓާފައި ހުރެ އެވެ.

އެ ލައިބްރަރީ ހުޅުވައިދެއްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އިމާދުއްދީން ސްކޫލަށް ގެނެސްފައިވަނީ ދަރިވަރުން ކިޔަވާ ހިތްވާ ކަހަލަ ބަދަލުތަކެއް ކަމަށާއި އެކަމާ މެދު ފަހުރުވެރިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފޮތަކީ ހިޔާލީ ދުނިޔެއަކަށް ދެވޭނެ ވަސީލަތެއް ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ސިކުނޑި ހުޅުވި ދުނިޔެއަށް ލޯ ހުޅުވިގެންދާނެ ކަމަށެވެ.

އެ ލައިބްރަރީ ހަދާފައިވަނީ ޕީޓީއޭ އަދި ސްކޫލު މެނޭޖްމަންޓް ގުޅިގެން ކަމަށާއި އެ ސްކޫލްގައި ކިޔަވައިދޭ ބައެއް ކްލާސްތައް ނެގުމަށް ވެސް އެތަން ބޭނުން ކުރާނެކަމަ އިމާދުއްދީން ސްކޫލްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް