ads
އެމްޓީސީސީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެމްޓީސީސީގެ އެކްސްޓްރާ އޯޑިނަރީ އޭޖީއެމް ބާއްވައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 2020 ވަނަ އަހަރުގެ އެ ކުންފުނީގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ ބާއްވައިފި އެވެ.

މިއަދު ފަހިވޯޓް މެދުވެރިކޮށް ބޭއްވި އެމްޓީސީސީގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް އާއި، މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި، ޗީފް އެގްޒެކުޓިވް އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. ޖަލްސާގައި ބޯޑުގެ ހަ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގެ ދަށުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ބޭފުޅަކު އިންތިހާބު ކުރަން ޖެހޭއިރު، އެއް ބޭފުޅަކު ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އާންމު އަހަރީ ޖަލްސާގައި އިންތިހާބުކޮށްފަ އެވެ.

މިއަދު ބޭއްވި ޖަލްސާގައި 5،577،217 ހިއްސާ ހިމެނޭ ގޮތަށް 283 ހިއްސާދާރަކު ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން ޕްރޮކްސީ މެދުވެރިކޮށް 269 ފަރާތެއް ބައިވެރިވެފައިވާ އިރު، ޖަލްސާގައި 14 ހިއްސާދާރަކު ބައިވެރިވެފައިވެ އެވެ.

މިއަދު ބޭއްވި ޖަލްސާގައި ވަނީ ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް ޑިރެކްޓަރެއް އިންތިހާބުކޮށްފަ އެވެ. ދެ ބޭފުޅަކު ވާދަކުރެއްވި އިރު، ވޯޓުލީ ހިއްސާދާރުންގެ އިއްތިފާގުން މުހައްމަދު އިމްރާން އަދުނާން، މ. މެއިންޒް/ ކ. މާލެ ވަނީ އެމްޓީސީސީގެ ބޯޑަށް ހޮވިވަޑައިގެންފަ އެވެ. މުހައްމަދު އިމްރާން އަދުނާން އަށް ހިއްސާދާރުންގެ 78 އިންސައްތަ ވޯޓް ލިބިވަޑައިގެންފައިވާ އިރު، އޭނާ އާއި ވާދަކުރެއްވި އަބްދުﷲ ސައީދު މ. ޝެހެނާޒްމަންޒިލް/ ކ. މާލެ އަށް ހިއްސާދާރުންގެ 22 އިންސައްތަ ވޯޓް ލިބިވަޑައިގެންފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް