ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުން ދަރުވަލާނެ ބަޖެޓެއް: ޝިޔާމް
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ދެކޮޅުޖެހޭ ބަޖެޓެއް ނޫން ކަމަށާއި އެއީ ރައްޔިތުން ދަރުވާލާނެ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ، ބަޖެޓު ދިރާސާ ކޮމިޓީއަށް އޮޑިޓާ ޖެނެރަލްގެ ބޭފުޅުން ހާޒިރުކުރި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ އޮޑިޓް އޮފީހުގެ ބޭނުމަކީ ސަރުކާރުން ވައްކަން ކުރުމުން ހަމައެކަނި އެކަން ހާމަކުރުން ނޫން ކަމަށާއި، ދަރަނި އިންތިހާއަށް މަތިވަމުންދާއިރު އޮޑިޓް އޮފީހުގެ ޒިންމާތަކެއް ވެސް ހުންނާނެ ކަމަށެވެ. 

ޝިޔާމް ވިދާޅުވީ، އޮޑިޓް އޮފީހުން ބަޖެޓް ކޮމިޓީ އަށް ކަރުދާހެއް ހަމައެކަނި ހުށަހެޅުމުގެ ބަދަލުގައި އެއަށް ވުރެ ފުޅާކޮށް ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނާއި ހަމައަށް ގެނެސްދޭންޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އޮޑިޓް އޮފީހުން ހުށަހަޅާ ކަރުދާސް އެއްފަރާތް ކޮށްލުމަށްފަހު ސަރުކާރުން ހަދަނީ ބޭނުންގޮތެއް ކަމަށާއި، ވައްކަންކޮށް ހަރަދު ކުރަން ނުޖެހޭ ދިމާލުން ހަރަދުކޮށް ރައްޔިތުން ދަރުވާލަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިވާހަކަތަކާއި ގުޅިގެން އޮޑިޓް އޮފީހުގެ ބޭފުޅުން ވިދާޅުވީ، އެއޮފީހާއި ހަވާލުކޮށްފައި އޮންނަނީ ބަޖެޓާއި ގުޅޭގޮތުން މަޖިލީހަށް ފަންނީ ލަފާ އެރުވުމަށް ކަމަށާއި، ބަޖެޓާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ތައްޔާރުކުރާ ރިޕޯޓު އާންމުންނަށް ވެސް ފެންނާނެ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް