ads
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
އެމްއެމްއައި ގައިމްކުރަން ކުއްޔަަށް ހިފި އިމާރާތުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ގާއިމްކުރުމަށްޓަކައި ކުއްޔަށް ހިފާފައިވާ އިމާރާތާއި ގުޅޭ މައްސަލާގައި ޕަބްލިކް ސާވިސް މީޑީއާގެ ޕްރޮކިއުމަންޓް ޑިމާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރުމަށްއެދި، އެމައްސަލަ އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަލުން ފޮނުވައިފި އެވެ.

މިމައްސަލައަކީ މީގެކުރިން ދެފަހަރެއްގެމަތިން ދައުވާކޮށްދިނުމަށް އެދި ޕީޖީއާށް ފޮނުވާފައިވާ މައްސަލައެކެވެ. 

އޭސީސީން ތަހުގީގު ކޮށްފައިވާ މައްސަލައަކީ ޕީއެސްއެމްއިން އެމްއެމްއައި އުފެއްދުމަށްޓަކައި ހަދާނުނިމޭ ޢިމާރާތެއްގެ ދެ ފަންގިފިލާއެއް ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނާ މައްސަލައެކެވެ. 

އެގޮތުން އޭސީސީން ބުނީ، އެ ކޮމިޝަނުން މިމައްސަލައިގައި ކޮށްފައިވާ ތަހުގީގުތަކުން، ހ. ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 (ތިރީސްހަތްހާސް) ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީން އެއިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވަނީސްކަން ފާހަގަކުރެވިފައިވާކަމަށް އޭސީސީން ބުނެއެވެ. 

އަދި އެއްބަސްވުމުގައި ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ ޑިސެމްބަރު އެކެއް 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރު 2015 ވަނަ ދުވަހުގެ ކުރިން އިމާރާތް ޕީއެސްއެމްއިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާކަމަށާއި، އެކަމާ ގުޅިގެން ޕީއެސްއެމްއިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަހުގީގަށް ހާމަވެފައިވާކަމަށްވެސް އޭސީސީން ބުނެއެވެ. 

އޭސީސިން ބުނީ، އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓާ، މުހައްމަދު ހާޝިމް ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ އިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރު އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 (އެއްލައްކަ އެގާރަހާސް) ރުފިޔާ ޕީއެސްއެމްއިން އިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވާ ކަމަށެވެ. 

އަދި އޭގެ ފަހުން، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ އިމާރާތުގެ ކުލި ކަމުގައިވާ -/74000 (ހަތްދިހަހަތަރުހާސް) ރުފިޔާ ޕީއެސްއެމްއިން ދައްކާފައިވާކަން ތަހުގީގަށް ލިބިފައިވާ ލިޔުންތަކުން އެނގެ ކަމަށެވެ. 

އެ މައްސަލާގައި މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ރާއްޖޭގެ ގާނުނުލްއުގޫބާތުގެ 513 ވަނަ މައްދާގެ (ށ) ގެ (1) ގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި، އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ދަށުން، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް