ads
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ--
ޓްރާންސްޕޯޓް މިނިސްޓްރީ އާއިމެދު ރައްޔިތުންގެ ޝަކުވާއެއް ނެތް: މާރިޔާ
ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާއިމެދު ރައްޔިތުންގެ ޝަކުވާއެއް އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ ދީދީ މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމު ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވުމުންކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. 

މިނިސްޓަރު މާރިޔާ ވިދާޅުވީ، މަޖިލީހުން އެދިވަދައިގަތް ކޮންމެ ފަހަރަކު މިނިސްޓަރު ނަހުލާވަނީ ފުރިހަމައަށް ޖަވާބުދާރީ ވެވަދައިގެންފައި ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތުވެސް އެކަމާނާގެ މައްޗަށް ކުރެވިފައި ނެތްކަމަށެވެ. 

މިނިސްޓަރުކަން ލިބިވަޑައިގަތީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވުމުންކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވުމާއިއެކު ބައެއް ފަރާތްތަކުން އެކަމަނާއަށް އަމާޒުކޮށް ފާޑުކިޔަމުން އަންނައިރު، ފާޑުކިއުންތަކަށް ރައްދުދެއްވައި މާރިޔާ ވިދާޅުވީ މުހުންމީ ކާކުކަން ނޫން ކަމަށާއި، މުހިންމީ މީހުން ކުރާ މަސައްކަތް ކަމަށެވެ. 

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ޕާޓީއަކަށް ވާއިރު، ކޯލިޝަން އެއްބަސްވުމުގެ ދަށުން ޕާޓީތަކަށް ވަކި އަދަދަކަށް ސަރުކާރުގެ ސްލޮޓުތައް ވަނީ ކަނޑައަޅާފަ އެވެ. 

އެގޮތުގެ މަތިން ނަހުލާއަށް މިނިސްޓަރު ކަން ލިބިވަޑައިގެންނެވީ ޖޭޕީގެ ސްލޮޓަކުންނެވެ. ގާސިމްގެ އަނބިކަނބަލަކަށް އެފަދަ މަގާމެއް ލިބިވަޑައިގެންނެވުމުން މީގެ ކުރިން ވެސް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް