ads
ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ، ބޯޑަރު ހުޅުވާލި ފަހުން އާ ރެކޯޑެއް
ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.

އެކަން ހާމަ ކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވައި، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ޝުކުރު ދަންނަވާފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން މި މުއްދަތުގައި ބައި ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު، ކޮންމެ މަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާކަން ފާހަގަކުރެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އޮކްޓޯބަރު މަހު އެކަނިވެސް 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، އެއީ ސެޕްޓެމްބަރު މަހު ފަތުރުވެރިން ރާއްޖެ އައި އަދަދަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ އިރު، އަންނަ އަހަރު 725،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް މިނިސްޓަރު ޑރ. މައުސޫމް ވަނީ މީގެ ކުރިން އަންދާޒާކުރައްވައިފަ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި މި މަހު 25،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް