ads
އެމްޓިސީސީ އިން އަޅާ ހޯރަފުށީ ވައިގެ ބަނދަރުގެ މަންޒަރެއް--- ފޮޓޯ: މޯލްޑިވް ޓައިމްސް
ކާމިޔާބު ކަމާއެކު ހޯރަފުށީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސައިފި
ހއ. ހޯރަފުށީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ކާމިޔާބު ކަމާއި އެކު ޖައްސައިފި އެވެ.

މިއަދު ހޯރަފުށީ އެއާޕޯޓްގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ކާމިޔާބު ކަމާއި އެކު ޖައްސާފައިވާ އިރު، އެ ފްލައިޓްގައި ސަރުކާރު ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

your imageހޯރަފުށީ އެއާޕޯޓްފައި ޓެސްޓް ފްލައިޓް ޖެއްސުން-- ރާޢްޖެޓީވީ ފީޑް

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ އަގަކީ 198 މިލިއަން ރުފިޔާ އެވެ.

ހޯރަފުށީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތްތައް ނިމިފައިވާ އިރު، މާދަމާ ރަސްމީކޮށް އެ އެއާޕޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވާތާ ހަފްތާއެއްގެ ތެރޭ އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ދާދި ފަހުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް