ads
މެމްބަރު ޔައުގޫބް އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޔައުގޫބްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފި
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.

ޔައުގޫބް މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން ބާއްވާފައިވަނީ ސުޕްރީމް ކޯޓުގަ އެވެ. 

your imageމިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައި ވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާން ކުރާ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ. 

އެހެން ނަމަވެސް ޔައުގޫބްގެ ފަރާތުން ވަކީލުން ބުނެފައިވަނީ ގާނޫނުއަސާސިގެ 73 (ރ)ގައި ބުނެފައިވަނީ ކަމެއް ކޮށްގެން ނުވާނޭ ކަމަށް ކަމަށާއި، އެހެން ނަމަވެސް (ނ) ގައި ބުނެފައިވަނީ ކަމެއް ކުރުމުން މަގާމު ގެއްލޭނެ ކަމަށް ކަމަށެވެ. އެހެން ކަމުން (ރ) ގައި ބުނެފައިވާ ފަދަ ކަމެއް ކުރުމުން މަގާމު ގެއްލޭނެކަން ބަޔާންކޮށްފައި ނުވާތީ ޔައުގޫބްގެ މެމްބަރުކަން ނުގެއްލޭކަމަށް ޔައުގޫބްގެ ވަކީލުން ފާހަގަކޮށްފައިވެ އެވެ. 

މި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލްގެ މެމްބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 8 ގައި ބަޔާންކުރާފަދަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ހަމަ އެއަކުރުގެ 3 ގައި ބަޔާންކުރާފަދަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. 

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާކުރުން މަނާ ވަޒީފާއެއް އަދާކޮށްފި ނަމަ އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށް ބަލާނޭ ހަމައެއްނެތް ކަމަށް ވެސް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ. އަދި މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް)ގެ ވަގުތީ ކައުންސިލްގެ މެމްބަރުކަމަށް އައްޔަނުކުރުމުން އެ މަގާމު ޔައުގޫބް ގަބޫލުކުރި ކުރުމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ 3 ވަނަ ނަމްބަރާއި 8 ވަނަ ނަމްބަރުގައި ބަޔާންކުރާފަދަ މަޖިލީހުގެ މެމްބަރުން އަދާކުރުން މަނާ ވަޒީފާއެއް އަދާކުރުން ނޫންކަމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް