ads
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ--
ތިނަދޫގައި ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބެލެވޭ މައްސަލައެއް ތަހުގީގު ކުރަނީ
ގދ. ތިނަދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާއިރު، ޖެންޑާ މިނިސްޓްރީން ވަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. 

"ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށްތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަމަލު ކުރާއިރު، ފުރިހަމަ ސަމާލުކަން ދީގެން މިފަދަ މައްސަލަތައް ތަހުގީގު ކުރާނަން،" ފުލުހުން ބުންޏެވެ. 

އެނގިފައިވާ ގޮތުގައި ތިނަދޫގައި އަންހެން ކުއްޖަކަށް އާއިލާއިން އަނިޔާ ކުރާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރީ ކުއްޖާގެ ހަޅޭކުގެ އަޑު އިވިގެން އެ ސަރަހައްދުގައި ހުންނަ ގެއެއްގެ މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް