ads
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު އައިސޮލޭޝަނަށް
ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕާލިމެންޓް މެމްބަރަކާ ބައްދަލުވެފައި ހުރުމުގެ ސަބަބުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަމިއްލައަށް އައިސޮލޭޓްވެއްޖެ އެވެ.

އަމިއްލައަށް އައިސޮލޭޓްވުމަށް ފަހު މިއަދު އާއްމުކުރި ވީޑިއޯއެއްގައި ބޮރިސް ގޮވާލެއްވީ ހުރިހާ އެންމެން ވެސް އުސޫލުތަކަށް ތަބާވުމަށާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނިއްޖެ ނަމަ އެކަހެރިވުމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި ޕާލިމެންޓް މެމްބަރަކީ ލީ އެންޑަސަން އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ބޮޑުވަޒީރާއެކު 35 މިނެޓުގެ ބައްދަލުވުމެއް ބާއްވާފަ އެވެ. 

މީގެ ހަތް މަސް ކުރިން ބޮރިސްއަށް ކޮވިޑް ޖެހިވަޑައިގެންނެވި އެވެ. އަދި ހާލު ގޯސްވުމާ ގުޅިގެން ތިން ދުވަހު އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް