ads
ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ސީއެންއެމް
300 މިލިއަން ޑޮލަރުގެ ސްކޫކު ވިއްކަން ދަރުމަވަންތަ ރަހުނު ކުރަނީ
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން އުޅޭކަމުގެ އަޑުތައް އަރައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މިހާރު ދައުރުވަމުން އަންނައިރު އޭގައިވާ ގޮތުން ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު ފިނޭންސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. 

އެގޮތުން އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން އެ ސުކޫރު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނާޝިޕް އެ އެސް.ޕީ.ވީ އަށް ޓްރާސްފާ ކުރަން ޖެހޭއިރު މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން އެ ސިޓީގައި ވަނީ ޝަރީއާ އޮނިގަނޑުގެ ތެރެއިން މި ސުކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓާ ކުރެވިފައިވާ އެސެޓަކަށް ވާންޖެހެ އެވެ. ނަމަވެސް މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލް ރެޖިސްޓްރީ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ނަންމަތީގައި ކަމުން އެތަން ފިނޭންސްގެ ނަން މައްޗަށް ބަދަލުކޮށްދިނުމަށް ސިޓީ ކައުންސިލުގައި ދެންނެވުމަށް ވަނީ އެދިފަ އެވެ. 

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވިފައިވާ އެންމެ އުސް އިމާރާތެވެ. އެތަން ރަހުނުކުރަން އުޅޭކަމުގެ އަޑުތަކާއި ގުޅިގެން އިދިކޮޅުން ކޯލިޝަނުގެ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކޮށްފައި ހުރި ވަސީލަތްތައް ވިއްކައިގެން އަންނަ އަހަރުގެ ބަޖެޓް މެނޭޖްކުރަން އުޅުމަކީ ގޯހެއް ކަމަށެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް