ads
ޑރ. އިބްރާހިމް ހަސަން-- ފޮޓޯ: ސީއެންއެމް
ޖޫނިއާ ކޮލެޖްތައް ގާއިމް ކުރެވިގެންދާނީ ދަނާލުތަކާއިއެކު: ޑރ. އިބްރާހީމް ހަސަން
އަތޮޅުތެރޭގައި ތައުލީމް ހާސިލް ކުރަން ބޭނުން ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށްޓަކައި ޖޫނިއާ ކޮލެޖްތައް ގާއިމް ކުރެވިގެންދާނީ ދަނާލުތަކާއިއެކު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ފާއިތުވި ދެއަހަރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއި ބެހޭގޮތުން ސީއެންއެމްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ އަތޮޅުތެރޭގަައި ކިޔަވަން ބޭނުންވެ އެފުރުސަތުތައް ފަހިވެފައި ނެތް ކުދިންނަށް ހާއްސަކޮށްގެން ފުރުސަތުތައް ފަސޭހަކަމާއި އެކީ ފޯރުކޮށްދިނުމަށް ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ.

" އަޅުގަނޑުމެން މުސްތަގުބޮލުގައި ޖޫނިއާ ކޮލެޖްތައް، ސްޓޭޓް އޮފް ދަ އާޓް ސެންޓަރުތައް ގާއިމްކުރާއިރުގައި އެތަންތަން ގާއިމުކުރަން އަޅުގަނޑުމެން މި ގަސްތުކުރަނީ ދަނާލުތަކާއިއެކުގަ. އެހެންވީމަ އޭގެ މާނައަކީ އަތޮޅުތެރޭގެ އެހެން ހިސާބުތަކުންވެސް ދަރިވަރުން އެތަންތަނަށް ތައުލީމް ހާސިލުކުރަން އަންނަ ބޭނުންވާ ދަރިވަރުންނަށްވެސް އާސް ހުރުމުގެ އިންތިޒާމު ފަސޭހަކަމާއިއެކު ހަމަޖެހިގެންދާނެ،" މިނިސްޓަރު ހަސަން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ މިހާރުގެ ވިޝަން އަކީ ކުރީގައި ނެތް ލުއި ފަސޭހަ ކަންތައްތަކެއް މުސްތަގުބަލުގައި ދަރިވަރުންނަށް ފަހިކޮށްދިނުން ކަމަށާއި މުސްތަގުބަލުގައި އަތޮޅުތެރޭގައި ތިބެގެން ތައުލީމް ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ވެސް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. ޖޫނިއާ ކޮލެޖް ތަކާއިއެކު ދަނާލްތައް އުފެދިގެންދިޔުމުން އެފަދަ ކުދިންނަށް އެ ފުރުސަތުތައް އެންމެ ފަހިގޮތެއްގައި ފޯރުކޮށްދެވިގެންދާނެކަމަށް މިނސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީން ކުަރަމުންދާ މަސައްކަތުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން މުހިންމުކަމަށާއި ވަޒީފާގެ ބާޒާރަށް ޒުވާނުން ނިކުންނަން ތައްޔާރުވާން ޖެހޭކަމަށެވެ. މިނިސްޓަރު ވަނީ ވޭތުވެ ދިޔަ ދެއަހަރު ތެރޭގައި މިނިސްޓްރީން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށާއި ކޮވިޑް-19 ގެ ދަތި އުނދަގޫތުގައިވެސް މީހުން ބިނާ ކުރުމަށްޓަކައިވެސް ބޮޑެތި މަސައްކަަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއަހަރު އެ މިނިސްޓްރީން އިއުލާންކުރި ލޯން ސްކީމް އޭރު އިއުލާން ކުރިގޮތަށް ކުރިއަށް ގެންދެވިފައިވާކަން އެއީ އެކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގޮތުން އެ ލޯން ސްކީމްގެ ދަށުން 550 އަށް ވުރެ ގިނަ ދަރިވަރުންނަށް އަޅުގަނޑުމެން ލޯނު ދޫކުރިން. ކޮވިޑްގެ އެންމެ އުނދަގޫ ދަތި ދަނޑިވަޅުގައިވެސް އެއީ ސަރުކާރުން ގަބޫލްކުރަނީ މިފަދަ ދަތި ދަނޑިވަޅުތަކުންވެސް އަރާާގަނެވޭނީ މިކަހަލަ ހުނަރުވެރި ފަންނުވެރި ޒުވާނުންތަކެއް ރާއްޖޭގަ ތިބެގެންނޭ އެހެންވީމަ ސަރުކާރުން އެކަން އެގޮތަށް ކުރީ،" މިނިސްޓަރު ވިދާޅުވިއެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް