ads
ސާޑިއޯ މާނޭ
މާނޭގެ ލަނޑުން ސެނެގޯލް އެފްރިކަން ނޭޝަންސް ކަޕަށް
ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭގެ ގޯލުން، ސެނެގޯލް އެފްރިކަން ނޭޝަންސް ކަޕަށް ކޮލިފައިވެއްޖެ އެވެ. އާދިއްތަ ދުވަހުގެ ރޭ ސެނެގޯލް މޮޅުވީ ގިނީ-ބިސާއު އަތުން އެއް ލަނޑު ސުން ލަނޑުންނެވެ.

އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު، އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ނޭޝަންސް ކަޕަށް ސެނެގޯލް ކޮލިފައިވީ، އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މާނޭ ޖެހި ހަމަ އެކަނި ލަނޑާ އެކު، އަދި ބާކީ ކޮލިފައިންގެ ދެ މެޗު އޮއްވަ އެވެ. 

އެފްރިކަން ނޭޝަންސް ކަޕުގެ ކޮލިފައިންގައި މާނޭގެ ސެނެގޯލް އޮތީ ގްރޫޕް އައިގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެން ހޯދި ބާރަ ޕޮއިންޓާ އެކުއެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކޮންގޯ، ގިނީ ބިސާއު އަދި އެސްވަޓީނީއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް