ads
އަބްދުﷲ ރިފާއު--
ބޮޗޭ އިސްތިއުފާ ދެއްވައިފި
ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމުން އަބްދުﷲ ރިފާއު (ބޮޗޭ) އިސްތިއުފާ ދެއްވައިފި އެވެ.

ބޮޗޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމާއި ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްޓްރިއޭޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ބޮޗޭ ވިދާޅުވީ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ސިޔާސީ ދާއިރާގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި މާދަމާއިން ފެށިގެން ވެސް ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކާއެކު ފްރޮންޓްލައިންގައި މަސައްކަތްކުރާނެ ކަމަށެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް