ads
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕީޕިއެމް
ޕާކިން މައްސަލަ ހައްލުނުވަކީ ރައްޔިތުން ހަނާކޮށް ފަގީރުކުރަންވީ ކަމެއް ނޫން: މުއިއްޒު
ދައުލަތުގެ އާމްދަނީ އިތުރުކުރަން، މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުން އިތުރު ފީއެއް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމެނުމާއެކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓްގައި އާމްދަނީ ހޯދާއި ވަސީލަތެއްގެ ގޮތުގައި "ކޮންޖެޝަން ޗާޖް" ގެ ނަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޖީބުން ފައިސާ ނަގަން ހުށަހާޅާފައިވާއިރު ޓްރެފިކާއި ޕާކިން މައްސަލަ ހައްލުކުރުމަކީ ރައްޔިތުން އިތުރަށް ހަނާކޮށް، އިތުރަށް ފަގީރުކޮށް ނިކަމެތިކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. 

އަންނަ އަހަރުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ވަނީ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް އަދި ޕާކިން ފީއެއް ނެގުމަށް ހިމަނާފަ އެވެ. އެގޮތުން އެ ފީތަކުގެ ގޮތުގައި 36.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވެ އެވެ. 

ކޮންޖެޝަން ޗާޖެއް ނަގަން ހަމަޖެހިފައި ވަނީ މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުންނެވެ. އެ ޗާޖު ނަގާނީ ވެހިިކަލް އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުންކަން ފާހަގަކުރެވެ އެވެ. އޭގެ އިތުރުން އަންނަ އަހަރު ޕާކިންއަށް އާ ފީއެއް ނަގަން ހަމަޖެހިފައިވާއިރު ކާރު ޕާކުކުރާނެ ތަންތަނުން މަހު ފީއެއް ނެގުމަށް ވެސް ހިމަނާފައިވެ އެވެ. އަދި ޕާކިންއަށް ހާއްސަ އިމާރާތެއް އެޅުން ވެސް ހިމެނެ އެވެ. 

އަންނަ އަހަރަށް ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި އާ ކަންތައްތަކެއް ވެސް ހިމަނާފައިވާތީ އެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޭނުންކުރާ ވެހިކަލްގެ 68 އިންސައްތަ ވެހިކަލް ބޭނުންކުރަނީ މާލޭގަ އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް