ads
ފޮޓޯ: ފުވައްމުަލައް ސިޓީ ކައުންސިލް
ފުވައްމުލަކުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް ހިންގަން ތައްޔާރުވެއްޖެ
ފުވައްމުލައް ސިޓީގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް ހިންގުމަށްޓަކައި ވާނެޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ.
ފުވައްމުލައް ސިޓީގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް ހިންގުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ މި މަސައްކަތަކީ ޖެންޑާ މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އަދި މި ގުރޫޕުގެ މައިގަނޑު މަޤްސަދަކީ، ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ނެތި އެކަހެރި ވެފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުން އެކަމުން ދުރުކުރުވާ އަދި ކުށް މަދުކުރުމަށް މަސައްކަތްކޮށް، ރަށުގެ ތިމާވެށި ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ރަށުގެ ސާފުތާހިރުކަމާއި، އާންމު އިޖްތިމާޢީ ޙާލަތު ރަނގަޅު ކުރުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުން ކަމަށް ޟިރާރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން އެވެ. ކޮމިއުނިޓީ ސޯޝަލް ގުރޫޕުތައް ހިންގާ ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި އެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެގޮތުން ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާޙް ޝަރީފް އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ ހިންގުމާއި ހަވާލުވެ ހުންނެވި އަހުމަދު ސައީދު އާއި ފުވައްމުލައް ސިޓީ ޕޮލިސްގެ އިތުރުން ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ބައިވެރިވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް