ads
ހޯރަފުށީ އެއާޕޯޓް----
ހޯރަފުށީ އެއާޕޯޓް ހުޅުވުން އަނެއްކާވެސް ފަސްކޮށްފި
މާދަމާ ހުޅުވުމަށް ތައްޔާރުވެފައިވާ ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުން އަނެއްކާވެސް ލަސްކޮށްފި އެވެ.

ހޯރަފުށީ އެއާޕޯޓް އެންމެ ފުރަތަމަ ހުޅުވުމަށް ނިންމާފައިވަނީ މިއަދެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބަުން އެ އެއާޕޯޓް ހުޅުވައިދެއްވުމަށްޓަކައި މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގަންނަވަން ނިންމާފައިވަނިކޮށް އަނެއްކާވެސް އެއާޕޯޓް ހުޅުވުން މިމަހުގެ 19 ވަނަ ދުވަހަށް ވަނީީ ލަސްކޮށްފައެވެ.

އެހެންކަމުން އެ ރަށު އެއާޕޯޓް ހުޅުއްވާދެއްވުމަށްޓަކައި ރައީސް މާދަމާ ކުރަން ނިންމާފައިވާ ދަތުރުފުޅުވެސް މިހާރު ވަނީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހަށް ލަސްކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ރައީސް ސޯލިހު މިހާރު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުގެ މެދުރުފަހު އެކެއް ޖަހާއިރު އެވެ. އަދި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްުޔާތު އޮންނާނީ އެދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.

ހޯރަފުށި އެއާޕޯޓަކީ މިސަރުކާރުން އެޅި ފުރަތަމަ އެއާޕޯޓެވެ. 198 މިލިއަން ރުފިޔާގެ މި މަޝްރޫއު ސަރުކާރުން ނިންމާލާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. އެގޮތުން އެއާޕޯޓް އެޅުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކާފަ އެވެ. އަދި އެއާޕޯޓުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާއިރު، އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަންއެއް ވަނީ ތަރައްގީކޮށްފައެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް