13106
CONFIRMED

DEATHS
12154
RECOVERED
🌏65,220,557
INFECTED
🌏41,931,987
RECOVERED
🌏1,506,251
DEATH
🌏64%
RECOVERY RATE
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ބަޖެޓުން އުފާވެރިކަން، ތަރައްގީ ރަށްތަކަށް!
Share
ސަރުކާރުގެ ކާމިޔާބު ފުރަތަމަ ދެ އަހަރު ފާހަގަ ކުރަމުންދާ މިދަނޑިވަޅަކީ ކުރިއަށް އޮތް އަހަރަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަން ހިމެނޭ ބަޖެޓް ފާސްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ދުވަސްވަރެވެ. ގިނަ ބޮޑެތި މަޝްރޫއުތަކެއް ހިމެނޭ ބަޖެޓެކެވެ.
Advertisement

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެއިން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހުމެއް ނެތި މަސައްކަތް ކުރާނޭ ކަން މި ބަޖެޓަށް ބަލާލުމުން ހާމަވެ އެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކަފުޅާއި އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ. 

ކުރީ ސަރުކާރުގެ ބަޖެޓްތަކާއި ހިލާފަށް މިފަހަރު ހުށަހަޅާފައިވާ ބަޖެޓުން ފެންނަން އޮތީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދީފައިވާ މިންވަރެވެ. މާލެ ސަރަހައްދަށް ހަމައެކަނި އިސްކަން ދިނުމުގެ ބަދަލުގައި މުޅި ރާއްޖެ އެކީ އެކައްޗަކަށް ތަރައްގީ ކުރުމަށް ރައީސް ވެލައްވާފައިވާ ވައުދުތައް ފުއްދުމަށް އުންމީދީ އަދަދުތަކެއް ބަޖެޓްގައި ހިމަނާފައިވެ އެވެ. 

ޕީއެސްއައިޕީ މަޝްރޫއުތައް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓްގައި ހިމަނާފަިއވާ އަދަދުތަކަށް ބަލާލާއިރު މާލެ ސަރަހައްދަށް ބަޖެޓްގައި ހިމަނާފައިވަނީ 2944 މިލިއަން ރުފިޔާ އެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދުތަކަށް ޖުމުލަ 3646 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވެ އެވެ. 

މީގެ ތެރެއިން ވެސް މާލެ ސަރަހައްދު ނެގުމަށް ފަހު އެންމެ ބޮޑު އަަދަދެއް ދެވިފައިވަނީ އައްޑޫ ސިޓީ އަށެވެ. ބަޖެޓްގައި 774 މިލިއަން ރުފިޔާ އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކަށް އެކަނިވެސް ހިމަނާފައިވެ އެވެ. އައްޑޫ ސިޓީ ނެގުމަށްފަހު ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަކަށް ދެން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ހދ އަތޮޅަށެވެ. އެގޮތުން ހދ އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކަށް 349 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ދެން އެންމެބޮޑު ހޭދައެއް ކުރާ ރ އަތޮޅަށް 282 މިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ. 

your imageބަޖެޓް ލުއިފޮތް / ފިނޭންސް މިނިސްޓްރީ--

ކޮވިޑް-19 އާއި އެކު ސިއްހީ ދާއިރާއަށް ދީފައިވާ އަހައްމިޔަތުކަން އިތުރުވެފައިވާއިރު، އަންނަ އަހަރުގެ ބަޖެޓްގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާ އަކީ ސިއްހީ ދާއިރާ އެވެ. ސިއްހީ ދާއިރާއިން ކުރާ ހަރަދުތައް ބަޖެޓްގައި ހިމަނާފައިވާއިރު، އޭގެ ތެރެއިން ބޮޑުބައެއް އޮތީ ތަރައްގީގެ މަޝްރޫއުތަކަށެވެ. ފާހަގަކޮށްލެވޭ ތިން މަޝްރޫއެއް އޮތް އިރު، އެ މަޝްރޫއުތަކަކީ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ މަޝްރޫއު އެވެ. 

ސިއްހީ ދާއިރާއިން ފާހަގަކުރެވޭ ތަރައްގީގެ މަޝްރޫއުތައް:

  1. ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް 191 މިލިއަން ރުފިޔާ
  2. ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް 98 މިލިއަން ރުފިޔާ
  3. ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ

އަންނަ އަހަރު ހިންގުމަށް ނިންމާ ބަޖެޓްގައި ހިމަނާފައިވާ އިގްތިސާދީ އަދި ސިނާއީ ކުރިއެރުމުގެ ހަރަދުތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ދެ ކޮޅުގައި ހިންގާ ބޮޑު ދެ މަޝްރޫއު ހިމަނާފައި އޮތް އޮތުމުން، މުޅި ރާއްޖެ ތަރައްގީކުރުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ވިސްނުންފުޅު ހާމަވެގެންދެ އެވެ. އެގޮތުން އައްޑޫ ސިޓީ ޑިވަލޮޕްމެންޓް ޕްރޮޖެކްޓަށް 491 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އުތުރުގެ ސަރަހައްދުގައި ހައި-ސްޕީޑް ފެރީ ނިޒާމެއް ގާއިމުކުރުމަށް 53 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ. 

ރައީސް ސޯލިހްގެ އަމާޒުފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވާއިރު ރާއްޖޭގައި ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ގާއިމުކުރުން ކަމަށްވީއިރު، އެކި ރަށްރަށުގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް 141 މިލިއަން ރުފިޔާ 2021 ގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި 204 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް 631 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށް އެކި ރަށްރަށުގައި ހައުސިން ޔުނިޓްތައް ގާއިމު ކުރުމަށް ނިންމާފައިވާއިރު އެކަމަށްވެސް ބަޖެޓްގައި 135 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. 

މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެއްގެ ގޮތުގައި ފެށުނީއްސުރެވެސް ރައީސް ސޯލިހް ފާހަގަކުރައްވަމުން ގެންގޮސްފައިވަ ނީ މީހުން ބިނާކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމެވެ. އެކަން ހަގީގަތަކަށް ހެދުމަށް ކުރައްވަމުން އަންނަ މަސައްކަތަށް އިތުރުވާ ބޮޅެއްގެ ގޮތުން އަންނަ އަހަރުގެ ބަޖެޓްގައި: 

  1. އަތޮޅުތެރޭގައި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 249 މިލިއަން ރުފިޔާ 
  2. ލ. އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިން ފެސިލިޓީއެއް ގާއިމު ކުރުމަށް 14 މިލިއަން ރުފިޔާ
  3. ހަތަރު ރަށެއްގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމު ކުރުމަށް 11 މިލިއަން ރުފިޔާ 

ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހަމަހަމަ އަށް ހިންގުމުގެ ވިންނުންފުޅާއި އެ މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް ސޯލިހް ވެލައްވާފައިވާ ވައުދު ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް 2021 ގެ ބަޖެޓަށް ބަލާލުމުން ހާމަވެ އެވެ. ތަރައްގީގެ މަޝްރޫއުތަކުގައި ވަކި ރަށެއް، ވަކި އަތޮޅެއް، މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ސަރަހައްދެއް ތަފާތު ކުރުމެއް ނެތެވެ. ބަޖެޓުން އުފާވެރިކަން ރައްޔިތުންނަށް ލިބޭނޭ ކަމާއި މެދު ސުވާލެއް ނެތެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް