ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ފޯރަމެއް ބާއްވައިފި
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ ގުޅިގެން ފޯރަމެއް ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ އެ ފޯރަމްގައި ބައިވެރިވެވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑރ. އަބްދުއްސައްތާރު އަބްދުއްރަޙްމާން އަދި ޝެއިހް ނަޞްރުﷲ އަލީ އެވެ. 

އެ ފޯރަމްގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ ކުރިން ދިވެހިންގެ ކަންކަން ހުރިގޮތާއި އިސްލާމް ދީނުގެ ހިދާޔަތް ލިބިގެން ދިއުމަށްފަހު ދިވެހިންނަށް އައި ބަދަލުތަކާއި ގުޅޭގޮތުންނެވެ. އެ ބޭފުޅުން ވަނީ އިސްލާމްދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ހަމައެކަނި ދީން ކަމަށާއި ބުދަށް އަޅުކަން ކުރި ދުވަސްވަރުގައި ދިވެހިންގެ ތެރޭގައި ހުރި ނޭތްގާނީ ކަންތައްތަކާއި އިސްލާމްކަމަށްފަހު ޖަހާލަތުގެ އަނދިރިކަން ނެތިގޮސް ދިވެހިން އެކުވެރި އުޚުއްވަތްތެރި ބަޔަކަށް ވެގެން ދިޔަ ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފަ އެވެ.

އޭގެ އިތުރުން އެ ނިއުމަތަކީ ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތްކަމުން މިކަމަށް އުފާކޮށް ހައްގުގޮތުގައި ޝުކުރު އަދާކުރަންޖެހޭނެ ކަމަށާއި އިޖްތިމާއީ ގޮތުންނާއި ދީނީ ގޮތުން ކުރެވޭ ބައެއް ނޭދެވޭ ކަންކަމުގެ ވާހަކަ ބަޔާންކޮށް އެކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަންވެސް އޮޅުންފިލުވައިދެއްވާފައިވެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ބޮޑު ޒިންމާއެއްކަމުގައި ވާންޖެހޭނީ އިސްލާމްދީން ރަނގަޅަށް އުނގެނި އެ ދީނުގެ އިލްމު މީސްތަކުންނަށް ސައްހަގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް