ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ވެހިކަލް ލޯނުގެ އިންޓަރެސްޓް ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓް 18 އިންސައްތަ އިން 15 އިންސައްތަ އަށް ދަށްކޮށްފި އެވެ.

އެއްވެސް ރަހުނަކާއި ނުލާ ދޫކުރާ އެ ލޯން ދައްކާ އަދާ ކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، މިހާރު 15 އިންސައްތައިގެ އިންޓްރަސްޓް ރޭޓެއްގައި ބައި މިލިއަން ރުފިޔާއާ ހަމައަށް އެ ލޯންގެ ދަށުން ފައިސާ ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން އެ ލޯނަށް އިތުރު ފަސޭހަތަކެއް ދީފައިވާ އިރު، ކުރީގައި އެ ބޭންކްގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށް ލޯން ދޫކޮށްފައިވާ އިރު، މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމަށް ލޯން ދޫކުރަމުން ދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދު ފަހަރާއި ސައިކަލުގެ އިތުރުން، އެ ލޯން މެދުވެރިކޮށް މިހާރު ޖެޓްސްކީ އާއި އިންޖީނުލީ ޑިންގީ ގަނެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

"މި ބަދަލާއި އެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދު ގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ،" އެސްއެމްއީ އާއި ރީޓެއިލް ބޭންކިން ޑައިރެކްޓަރު މޫސާ ނިމާލް ވިދާޅުވި އެވެ.

ބީއެމްއެލްގެ ވެހިކަލް ލޯން މެދުވެރިކޮށް އިލެކްޓްރިކް އުޅަނދެއް ނަގާނަމަ، އެ ލޯނާއި ފައިނޭންސިން ރޭޓް 12 އިންސައްތަ އަށް ދަށްކޮށްފައިވާ އިރު، އެގޮތަށް ބޭންކް އިން ނިންމާފައިވަނީ ތިމާވެއްޓާއި ރަށްޓެހި އުޅަނދު ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް