ads
ބޮންޑޭ
ޗައިނާއިން ލުއި ދިނީ ސަރުކާރު ލޯންތަކަށް އެކަނި: ބޮންޑޭ
ޗައިނާގެ ސަރުކާރުން ލުއިދީފައި ވަނީ ހަމައެކަނި ސަރުކާރުގެ ލޯނުތަކަށް އެކަނި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުގެ ފަރާތުން ސީއެންއެމްއަށް މައުލޫމާތު ދެއްވާފައިވާތީ އެކަމާއި ގުޅިގެން ބޮންޑޭ ވިދާޅުވީ، ލުއިދީފައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ނަގާފައިވާ ސަރުކާރުގެ ލޯނުތައް އެކަނި ކަމަށެވެ. އަދި އެ ލޯނުތައް ދެއްކުން ފަސްކޮށްދިނީ ހަތް މަހަށް ކަމަށް ވެސް ވިދާޅުވި އެވެ. 

ބޮންޑޭ އިތުރަށް ވިދާޅުވީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ފަސްކޮށްދީފައި ނުވާ ކަމަށާއި އެ ލޯނުތައް މުއްދަތަށް ނުދައްކައިފިނަމަ އެކަމުގެ ގެއްލުން ވެސް ވާނީ ހަމަ ދައުލަތަށް ކަމަށެވެ. 

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވާއިރު އެލޯނުތަކާއި ގުޅިގެން މީގެ ކުރިން ކުރީ ރައީސް މުހައްމަދު ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އިއްޔެ ރައީސް ނަޝީދު ވަނީ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ޗައިނާގައި އާދޭސް ދަންނަވާފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް