ads
އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
އިގްތިސާދަށް އެޅިފައި އޮތް ހުރަހަކީ ރައީސް ނަޝީދު: އިދިކޮޅު ކޯލިޝަން
ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ހުރަހެއް ވާނަމަ އެ ހުރަހަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ، މިއަދު އެކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ. 

މި ނޫސްބަޔާނުގައި އިދިކޮޅު ކޯލިޝަނުން ވަނީ، އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި ދަރަނި ބޮޑުވެފައިވަނީ ކުރީސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ފާޑުކިޔާފައެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ، ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސް އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ދަރަނި ބޮޑުވެފައިވަނީ މިސަރުގެކާރުގެ ނާގާބިލުކަމުން ކަމަށެވެ. އަދި މިހާލަތުގައި، ކުރިމަތީގައި އޮތް ބޮޑު އިގްތިސާދީ އަނދަވަޅާއި އޭގެ ހައްލާއިމެދު ހުރަހެއް ވާނަމަ އެއީ، ރައީސް ނަޝީދުގެ "ވިހަ ދުލާއި، ވިޔާނުދާ އަނގައާއި، ހިމާރު އަޑު" ކަމަށެވެ. އަދި ލޯނުތައް ފަސްކޮށް ލުއި ގޮތްތަކެއް ހޯދައިގެން ރައްޔިތުންނަށް މިކާރިސާއިން އަރައިގަންނަން ޖާގަ ލިބިމަށް އިތުރު ހުތަހެއް ނެތްކަމަށްވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ، ސަރުކާރަށް އިގްތިސާދަށް ހައްލު ނުހޯދޭނަމަ ޕީޕީއެމްއިން އެކަން "ފިސާރި" ފަސޭހައިން ކޮށްލަދޭނެ ކަމަށެވެ. އަދި އެއީ މިސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރަށް ނިކަމެތިކަމެއް ލިބުނަ ނުދިނުމުގެ ގޮތުން، ރައްޔިޔުންގެ ހައްގުގައި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް