ads
ފޮޓޯ: ފޮރިން މިނިސްޓްރީ
މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފ
އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުއިރު ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު، އިނގިރޭސި ހާރިޖީ އޮފީހުގެ މިނިސްޓާ ފޯ ސައުތު އޭޝިއަން އެންޑް ކޮމަންވެލްތު، ތޯރުގް އަހުމަދުއާ މިއަދު ބައްދަލުކުރެއްވީ ވާޗުއަލްކޮށް ކަމަށެވެ. 

އެ ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވި ކަމަށާއި އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ފޮރިން މިނިސްޓްރީން ވަނީ، 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުންވެސް ދެގައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެގައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް