ads
ނ. ހޮޅުދޫގައި ތަރައްގީކޮށްފައިވާ މަސް ކަނޑާ ތަން. މި ފްރޮޖެކްޓަށް
އަހަރެންގެ ބޭންކް ފަންޑާ ބެހޭ ގޮތުން ބީއެމްއެލުން ވެބިނާއެއް ބާއްވައިފި
ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ވެބިނާ އެއް ބާއްވައިފި އެވެ.

އެގޮތުން ރޭ ބޭއްވި ވެބިނާގައި ޕްރޮޕޯސަލްތައް ހުށަހަޅާއިރު ބީއެމްއެލް އިން ބަލާ ކަންތައްތަކަށާއި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ބަލަންޖެހޭ ކަންތަައްތަކާއި ބެހޭ ގޮތުން ވެބިނާގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.

ރޭ ބޭއްވި ވެބިނާގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ، އާންމުންނަށް މައުލޫމާތު ދެއްވާފައި ވަނީ ބީއެމްއެލްގެ ސީއެސްއާރު މެނޭޖަރު އިބްރާހީމް ނަވާފް އާއި، ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދުގެ އިތުރުން، ރީޓެއިލް ބޭންކިން އާއި ބެހޭ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަނެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން މި އަހަރު 10 މަޝްރޫއު އަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، ބީއެމްއެލް އިން ވަނީ މި މަހުގެ ކުރީކޮޅު "އަހަރެންގެ ބޭންކް ފަންޑް" އަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފަހު ފިޔަވަހި ހުޅުވާލައިފަ އެވެ.

2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ތިން ފިޔަވައްސަކަށް ބަހާލައިގެން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައު އަށް ފައިދާ ހުރި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް