ads
މިނިސްޓަރު ނަހުލާ--
100 ދުވަހުން ފުއްދަން ބުނި މިނީ ބަހުގެ ވައުދު
މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މާލެއަށް މިނީބަހުގެ ހިދުމަތް ތައާރަފްކުރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

މާލޭގެ ޓްރެފިކަށް ހައްލެއް ހޯދުމަށް މިއަހަރު ތެރޭގައި މާލެ އަށް މިނީ ބަސްތައް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިނީ ބަސް ތައާރަފް ނުކުރެވި ލަސްތަކެއްވެ، ޓްރާންސްޕޯޓް މިނިސްޓަރާއި، މިނިސްޓްރީވެސް ގެއްލިއްޖެއެވެ.

ނަވާރަ ސެޕްޓެމްބަރު 2019 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަސް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ގުޅިގެން ކުރައްވަމުން ގެންދާކަމަށެވެ. އަދި 14 އޮކްޓޯބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައައާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ކުރީ ކޮޅު މިނީ ބަސްތައް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް