ads
މެމްބަރު ޣައްސާން މައުމޫން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރު މުސާރަ ދޭންވެސް ނަގަންޖެހެނީ ދަރަނި: ޣައްސާން
އަންނަ އަހަރު ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށްވެސް ނަގަންޖެހެނީ ދަރަނި ކަމަށް މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ކުރިއަށް އޮތް އަހަރަށްލަފާކޮށް ލިބޭނެ އާމްދަނީގެ ގޮތުގައި ކަނޑައަޅާފައިވާ އަަދަދު ލިބިދާނެ ކަމާއި މެދު ސުވާލުއުފެދޭ ކަމަށެވެ. 

2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި 34.7 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާކަން ފާހަގަކޮށް ޣައްސާން ވިދާޅުވީ އޭގެތެރެއިން 62 އިންސައްތަ އަކީ ރިކަރެންޓް ނުވަތަ ސަރުކާރު ހިންގުމުގެ ހަރަދު ކަމަށެވެ.  

"17.8 ބިލިއަން ރުފިޔާ އާމްދަނީއެއްގައި 21.6 ބިލިއަން ރުފިޔާ ރިކަރެންޓް ޚަރަދުގެ ގޮތުގައި ހަރަދު ކުރެއްވުމުގެ މާނައަކީ މުސާރަ ދެއްވުމަށްވެސް ނަގަންޖެހެނީ ދަރަނިކަން." ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ މިހާރު ބަޖެޓް އެކުލަވާލާފައިވާ ގޮތުން، އަދި އިގްތިސާދު އަނދަވަޅެއްގައިވާ ވަގުތުގައި ހަރަދު ކުރުން އިތުރުކުރުމުން ރާއްޖެފަދަ ގައުމަކަށް އެކަމުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ދިވެހި ރުފިޔާގެ އަގު ވެއްޓުން ނޫންކަމެއް ހާސިލުނުވާނޭ ކަމަށް ވިދާޅުވި އެވެ. 

ޣައްސާން ވިދާޅުވީ މިހާލަތަކީ ހާލުގައި ޖެހިފައިވާ ރައްޔިތުންގެ އަތަށް ސީދާ ފައިސާ ދޭންވީ ވަގުތު ކަމަށެވެ. އަދި މިވަގުތު ބަޖެޓުން ހަރަދު ކުރުން އެންމެ ރަނގަޅުވާނީ އާމްދަނީ އިތުރުވާނޭފަދަ ކަންކަމަށް ކަމަށް ޣައްސާން ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް