ads
ގެވެށި އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް--
ގެވެށި އަނިޔާ ރިޕޯޓުކުރުން މަދުވެއްޖެ
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރި މިންވަރު އޮކްޓޫބަރު މަހު މަދުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު އޮކްޓޫބަރު މަހު ހުށަހަޅާފައި ވަނީ މިފަދަ 40 މައްސަލަ އެވެ. ނަމަވެސް ސެޕްޓެމްބަރު މަހު 46 މައްސަލަ ހުށަހަޅާފައި ވެއެވެ. 

ތަފާސްހިސާބަށް ބަލާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަ އެވެ. އެފަދަ 20 މައްސަލަ މިދިޔަ މަހު ހުށަހަޅާފައި ވެއެވެ. 

މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ތިން މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ ދެ މައްސަލަ، ރޭޕްކުރުމުގެ ދެ މައްސަލަ، އަދި އިހުމާލުވުމުގެ ދެ މައްސަލަ ހިމެނެ އެވެ. 

މިފަދަ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އަނިޔާ ލިބިފައި ވަނީ 37 އަންހެނުންނާއި ތިން ފިރިހެނުންނަށެވެ. އާއްމުކޮށް މިފަދަ މައްސަލަތައް ގިނައިން ދިމާވަނީ އަންހެނުންނަށެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް މިދިޔަ މަހު މަދުވި ނަމަވެސް ޖުމްލަ ގޮތެއްގައި ރިޕޯޓުކުރި މައްސަލަތައް ވަނީ އިތުރުވެފަ އެވެ. 

އެގޮތުން ސެޕްޓެމްބަރު މަހު 238 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު އޮކްޓޫބަރު މަހު ރިޕޯޓުކުރީ 257 މައްސަލަ އެވެ. ދެ މަހު ވެސް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް