ads
ބެން--
މާސްޓަ ޝެފް ޖޫނިއާގެ ތަރި 14 އަހަރުގައި މަރުވެއްޖެ
މާސްޓަ ޝެފް ޖޫނިއާގެ ތަރި ބެން ވޮޓްކިންސް ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް އުމުރުން 14 އަހަރުގައި މަރުވެއްޖެ އެވެ.

ބެން މަޝްހޫރުވެފައި ވަނީ އެމެރިކާގެ މާސްޓަ ޝެފުންނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޝޯގައި އޭނާ ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފަ އެވެ. 

އެ ޝޯގެ އެއް ޖަޖު ކަމަށްވާ ޝެފް ގޯޑަން ރަމްސީ ވަނީ ބެންގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް އެއީ ވަރަށް ހިތްވަރުގަދަ ކުއްކެއް ކަމަށް ބުނެފަ އެވެ. 

ބެންގެ މަންމަ އާއި ބައްޕަ ވަނީ މީގެ ތިން އަހަރު ކުރިން މަރުވެފަ އެވެ. އޭނާ ބަލަމުން ގޮސްފައި ވަނީ މާމަ ޑޮނާ އެޑްވާޑްސް އާއި ބޮޑުބޭބެ އެންތަނީ އެޑްވާޑްސް އެވެ.

ބެންގެ މާމަ ބުނި ގޮތުގައި އޭނާ މަރުވެފައި ވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަހު ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް