13106
CONFIRMED

DEATHS
12154
RECOVERED
🌏65,220,557
INFECTED
🌏41,931,987
RECOVERED
🌏1,506,251
DEATH
🌏64%
RECOVERY RATE
ކޮވިޑް 19 ވެކްސިން--
އޮކްސްފޯޑް ވެކްސިން ދުވަސްވީ މީހުންނަށް ދީގެން ރަނގަޅު ނަތީޖާއެއް ފެނޭ
Share
ކޮވިޑް-19 އަށް އޮކްސްފޯޑުން އުފެއްދި ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް ދީގެން ވެސް ރަނގަޅު ނަތީޖާއެއް ފެންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
Advertisement

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ. އޮކްސްފޯޑުން އުފެއްދި ވެކްސިން އުމުރުން 60 އަހަރާއި 70 އަހަރުގެ މީހުންނަށް ދިނުމުން ވެސް ވަނީ ރަނގަޅު ނަތީޖާއެއް ފެނިފަ އެވެ. 

މި ވެކްސިން މިހާރު އުޅެނީ ފޭސް ދޭއްގެ ޓެސްޓިންގަ އެވެ. ތިންވަނަ ފޭސްގައި ވެކްސިން ޓެސްޓު ކުރާނީ މިހާރަށް ވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު އެވެ.

މިހާރު ވެސް ތިން ވެކްސިނަކުން ވަނީ ރަނގަޅު ނަތީޖާ ފެންނަ ކަމަށް ދައްކާފަ އެވެ. އެއީ ފައިޒާ ވެކްސިނާއި ސްޕަޓްނިކް އަދި މޯޑާނާގެ ވެކްސިނެވެ. 

އެ ތިން ވެކްސިން ވެސް ފޭސް ތިނެއްގެ ޓެސްޓިންގައި އުޅޭއިރު، އޭގެ ތެރެއިން ފައިޒާ ވެކްސިންގެ 95 ޕަސަންޓު ކާމިޔާބު ރޭޓެއް ވަނީ ފެނިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް