ads
ރައީސް ހޯރަފުއްޓަށް ވަޑައިގަތުން--
އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުއްޓަށް ވަޑައިގެންފި
ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެރަށަށް ވަޑައިގެންފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް ސޯލިހު އެރަށަށް ވަޑައިގެންނެވިއިރު ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އެރަށަށް ވަޑައިގެންނެވިއިރު ސަރުކާރުގެ ގިނަ ބަޔަކު ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ވަޑައިގެންފަ އެވެ. 

އެންމެ ފުރަތަމަ އެއާޕޯޓް ހުޅުވާ ގޮތަށް ހަމަޖެހިފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން 18 ވަނަ ދުވަހަށް ފަސްކުރުމަށް ފަހު، ފަހުން ވަނީ މިއަދަށް ބަދަލުކޮށްފަ އެވެ. 

ހޯރަފުށީގައި އެއާޕޯޓް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން 18 މަސް ދުވަހުން އެއާޕޯޓްގެ މަަސައްކަތް ނިންމާލާފައިވާއިރު އެތަނުގައި ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް