ads
އަހުމަދު އަކްރަމް--
އަކްރަމް އީސީން އިސްތިއުފާ ދެއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ އަކްރަމް މިއަދު ފޮނުވި ސިޓީގައި ވިދާޅުވީ، އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާއި ގުޅިގެން އެކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އަކްރަމް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނިގާފައިނުވާކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި އެކަން ހިނގާދިޔަގޮތުގެ ތަފްސީލު މައުލޫމާތު ހެއްކާއި އެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނޭކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އަކްރަމް އަކީ ބައިނަލްއަގްވާމީ ދުނިޔެއިން މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވުނު އިންތިޚާބު ކަމުގައި ފާހަގަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައް ރާވާ އިންތިޒާމް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. ގިނަ ގޮންޖެހުންތަކާއެކު ކުރިއަށް ގެންދެވުނު ރިޔާސީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ވެސް އަކްރަމް އިސްކޮށް ހުންނަވާ ކުރެއްވި ގިނަ މަސައްކަތްތަކައް ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް