ads
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް——ފުޓޯ: ސީއެންއެމް
އަކްރަމް އަކީ ޖިންސީ ފުރައްސާރަ ކޮށްފާނެ މީހެއްނޫން: އަހުމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވި އަހުމަދު އަކްރަމް އަކީ މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްފާނެ މީހެއް ނޫން ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުން އަހުމަދު އަކްރަމް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކުރައްވައި އަކްރަމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށާއި ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ގެކެވަޑައި ނުގަންނަވާތީ ކަމަށެވެ. 

މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އަކުރަމް އަކީ އިލެކްޝަން ކޮމިޝަނަށް ގެއްލިގެންދިޔަ ހުނަރުވެރި ގާބިލް ހިންގުންތެރިއެއް ކަމަށާއި، އަކުރަމް އަކީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ މުވައްޒަފުންނަށް ޖިންސީ ގޯނާކުރުމާއި ފުރައްސާރަކުރުންފަދަ އަމަލުތަކެއް ކޮށްފާނެ މީހެއް ނޫންކަމަށެވެ. 

އަކުރަމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވާއިރު، އީސީގެ ނައިބުގެ މަގާމުގައި ހުންނައިގެން އޭނާ ވަނީ ބައިނަލްއަގްވާމީ ދުނިޔެއިން މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވުނު އިންތިޚާބު ކަމުގައި ފާހަގަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައް ރާވާ އިންތިޒާމް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން  ރިޔާސީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ވެސް އަކްރަމް އިސްކޮށް ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް