ads
ކޮވިޑް-19
ރާއްޖެއިން އިތުރު 68 މީހުން ޕޮޒިޓިވް ވެއްޖެ
މިއަދު ރާއްޖެ އިން 68 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ފާއިތުވި 24 ގަޑީރުގެ ތެރޭގައި ޓެސްޓު ކުރެވުނު 1530 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 68 މީހުން ކަމަށެވެ. އޭގެ ތެރެއިން 36 މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން 32 މީހުން ޕޮޒިޓިވްވެފައިވެ އެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި، 32 ބިދޭސީންނެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12،452 އަށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 925 ގައި އުޅޭއިރު އޭގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 332 މީހަކަށް ފަރުވާ ދެމުންދާ އިރު، 73 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. މިވަގުތު އެއްވެސް ފަރާތަކަށް ވެންޓިލޭޓަރުގައި ފަރުވާ ނުދޭކަމަށް އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11،475 މީހުން ބަލިން އެއްކޮށް ރަނގަޅުވެފައިވާ އިރު، މި ބަލީގައި 45 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް