ads
ސްޓާފް ސާޖަންޓް ޝަރީފް އުފެއްދި ސެނިޓައިޒާ މެޝިން-- ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ އޮފިސަރަކު ސެނިޓައިޒާ މެޝިނެއް އުފައްދައިފި
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ އޮފިސަރެއް އޮޓޮމެޓިކް ސެނިޓައިޒާ މެޝިނެއް އުފައްދައިފި އެވެ.

އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ސްޓާފް ސާޖަންޓް ޝަރީފް ލޮކްޑައުންގެ ތެރޭގައި އުފެއްދެވި މި ސެނިޓައިޒާ މެޝިން ވަނީ އިއްޔެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ހަދިޔާ ކުރައްވައިފަ އެވެ.

your imageސްޓާފް ސާޖަންޓް ޝަރީފް-- ފޮޓޯ: އެމްއެންޑީއެފް

1.5 ލީޓަރުގެ ކެޕޭސިޓީ އެއް ހުންނަ، އަދި އަތް ދިއްކޮލުމުން އެ މީހަކު ބޭނުންވާ ވަރަށް ދެ އަތްތިލަ ސެނިޓައިޒްކޮށްލެވޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތް ތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ޝަރީފްގެ މި މަސައްކަތް އަގުވަޒަންކޮށް އޭނާ އަށް ހިތްވަރު ދެއްވައިފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމުން ވަނީ ވެންޓިލޭޓަރެއް އުފައްދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް