ads
ކަޑިންމަ--
ރިސޯޓްތަކުން ޕޮޒިޓިވްވި މީޙުންގެ އަދަދު 200 އަށް!
ރިސޯޓްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު އަދަދު 200 އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 42 ގައެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ މުވައްޒަފުންގެ ތެރެއިން އިތުރު 45 މީހަކު ޕޮޒިޓިވްވެ ކޮވިޑް-19 އަށް ޕޮޒިޓިވި މުވައްޒަފުންގެ އަދަދު ވަނީ 158 އަށް އަރާފައެވެ.

މިރޭ އާއްމުކުރި މައުލޫމާތައް ބަލާއިރު އިތުރު ދެ ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. އެޔާއިއެކު މިހާތަނަށް ކޮވިޑް-19 ގެ ކޭސްތައް 27 ރިސޯޓަކުން ވަނީ ފެނިފައެވެ.

މިއަދަދު މައްޗައް އަރާފައިމިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ރިސޯޓްތަަށްވެސް ހުޅުވާލިތާ ފަސް މަސް ފަހުންނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރިސޯޓްތައް ހުޅުވާލިފަހުންވެސް ކޮވިޑް-19 ގެ އަދަދުތައް ގިނަ ދުވަސްތަކަކަށް ހިފެހެެއްޓިފައި ހުރިކަން ފާހަގަކުރިފައިވެއެވެ. 

ރިސޯޓްތަކުން ފެންނަ ކޭސްތައް މަތިވެފައި މިވަނީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 60 އަހަރުގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން މަރުވުމާއި ގުޅިގެން ހެދި ސާމްޕަލްތަކުން އެރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް