ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން--
ސަރުކާރު ކޯލިޝަންގައި ދެމިއޮންނާނަން: އެމްއާރުއެމް
ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓުން ކޯލިޝަން ސަރުކާރާއެކު ދެމި އޮންނާނެ ކަމަށް، އެމްއާރުއެމްއިން ބުނެފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއާރުއެމް އުފެދިގެން އައީ މުހިއްމު ގައުމީ އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށާއި އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ގައުމަށް މަންފާ އާއި ހެވާއި ލާބަ އަށް އިސްކަން ދީގެން ކަމަށެވެ. 

އެމްއާރުއެމްއިން ބުނީ އެޕާޓީއަކީ މުހިއްމު ބައިވެރިއެއް ކަމަށާއި ކޯލިޝަން ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެމްއާރުއެމްއިން ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.

އެމްއާރުއެމްއިން ބުނީ، ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް