ads
ޕްރަބޫދޭވާ--
ޕްރަބޫދޭވާ ސިއްރުން ކައިވެނި ކުރީތަ؟
ޕްރޮޑިއުސަރު އަދި ކޮއިރޯގްރާފަރު ޕްރަބޫދޭވާގެ ލޯބީގެ ގުޅުންތަކަށް މީޑިއާތަކުގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ސިއްރުން ކައިވެންޏެއް ކޮށްފަ އެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޕްރަބޫދޭވާ ސިއްރުން ކައިވެނި ކުރީ އޭނާގެ ފިޒިއޮތެރަޕިސްޓާ އެވެ. އެގޮތުން މުމްބާއީގައި ކައިވެނި ކުރުމަށް ފަހު މިހާރު ޗެންނާއީއަށް ދިރިއުޅެން ބަދަލުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އެކަމާ ގުޅޭ ގޮތުން ޕްރަބޫދޭވާ އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ކައިވެނީގެ ފޮޓޯއެއް ވެސް މިހާތަނަށް އާއްމުވެފައެއް ނުވެ އެވެ. 

ކުރިން ހަބަރު ފެތުރުނު ގޮތުގައި ޕްރަބޫދޭވާ ކައިވެނި ކުރަން އުޅުނީ އޭނާއަށް ބޮޑުބޭބެ ކިޔާ މީހަކާ އެވެ. އެކަމަކު އެއީ ދޮގެއް ކަމަށް ތަމަޅަ މީޑިއާތަކުން ބުނެ އެވެ. 

ޕްރަބޫދޭވާ ފިޒިއޮތެރަޕިސްޓެއް ކައިރިއަށް ދާން ފެށީ ބުރަކައްޓަށް ލިބުނު އަނިޔާއަކަށް ފަރުވާ ކުރުމަށެވެ. އަދި މިހާރު ކައިވެނިކޮށްފައި ވަނީ އެ ފިޒިއޮތެރަޕިސްޓާ ކަމަށް ވެއެވެ. 

އެކްޓަރެއްގެ ގޮތުގައި ވެސް ކުޅަދާނަ ޕްރަބޫދޭވާ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ ރާމްލަތާއާ އެވެ. އެމީހުން ތިން ދަރިން ލިބިފައި ވެއެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅު ވަނީ ކެންސަރު ސަބަބުން 2008 ގައި މަރުވެފަ އެވެ. 

އެ ދެ މީހުންގެ ކައިވެނި ރޫޅުނީ ޕްރަބޫދޭވާ އެކްޓަރު ނަޔަންތަރާއާ ލޯބީގެ ގުޅުމެއް ހިންގަން ފެށުމުންނެވެ. އަދި ނަޔަންތަރާއާ ކައިވެނި ކުރަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ގުޅުން ވަނީ ކެނޑިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް