ސައިފް ބުނެފައި ވަނީ އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ އިބްރާހިމް އާއި ތައިމޫރު ވެސް ވާނީ އެކްޓަރުންނަށް ކަން ވަރަށް ބޮޑަށް ޔަގީން ކަމަށެވެ.
ސައިފްގެ އަންހެން ދަރިފުޅު ސާރާ މިހާރު ވަނީ ބޮލީވުޑަށް ނިކުމެ، ބައެއް ފިލްމުތަކުގައި ދައްކާލި ހުށަހެޅުމުން ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
ސައިފް ބުނީ އޭނާއާ ގުޅުން ހުރި އެންމެންނަކީ ވެސް ބޮލީވުޑުގެ މީހުން ކަމަށެވެ. އެގޮތުން އޭނާގެ ދައްތަ، އަންހެނުން، ކުރީގެ އަންހެނުން އަދި އަންހެން ދަރިފުޅު ފާހަގަކުރި އެވެ.
އޭނާ ބުނެފައި ވަނީ ތައިމޫރު މިހާރު ވެސް އުޅެނީ އާއިލާގެ މުނިފޫހިފިލުވައި ދިނުމުގައި ކަމަށާއި ބޮޑުވެގެން އެކްޓިންއަށް ނިކުންނާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
އިބްރާހިމް އާއި ސާރާއަކީ ސައިފް ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނެވެ. އައި ތައިމޫރަކީ ކަރީނާ ކަޕޫރާއެކު މިހާރުގެ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ.
އެ ދެމީހުން މިހާރު ތިބީ ދެވަނަ ދަރިފުޅު އުފަންވާނެ ދުވަހަކަށް ކެތްމަދުވެފަ އެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ކަރީނާ ވިހާނެ އެވެ.