ads
މާފުށި--
މާފުށިން ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ރަނގަޅުވެއްޖެ
ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ބަލިން ރަނގަޅުވެއްޖެ އެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު، ސީއެންއެމްއަށް ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަސް ފަތުރުވެރިން ވެސް ވަނީ ކޮވިޑުން ރަނގަޅުވެފައި ކަމަށެވެ. އެގޮތުން މީގެ ދުވަސްތަކެއް ކުރިން އެކަކު ބަލިން ރަނގަޅުވިއިރު އަނެއް ހަތަރު މީހުން ރަނގަޅުވެފައިވާކަން އެނގުނީ މިއަދު ލިބުނު ސާމްޕަލްގެ ނަތީޖާ އިން ކަމަށް އުސްމާން ވިދާޅުވި އެވެ. 

އެ ފަސް ފަތުރުވެރިންނަކީ ވެސް ފުރަން ދިއުމުގެ ކުރިން ނެގި ސާމްޕަލުން ޕޮޒިޓިވްވި ފަސް ފަތުރުވެރިންނެވެ. އުސްމާން ވިދާޅުވީ އެރަށުން އެންމެ ފަހުން މީހަކު ޕޮޒިޓިވްވިތާ މިހާރު 14 ދުވަސްވެފައިވާ ކަމަށެވެ. އެގޮތުން މީހަކު ޕޮޒިޓިވް ނުވާތާ ދެ ހަފުތާއެއްހާ ދުވަސް ފާއިތުވެގެން ދިއުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ. 

މާފުށީގައި މިހާރު ވެސް 240 އެއްހާ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. އުސްމާން ވިދާޅުވި ގޮތުގައި އެރަށަށް ގެސްޓްހައުސްގެ ވިޔަފާރި ވެސް ދުވަހެއް ދުވަހަކަށް ދަނީ ރަނގަޅުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް