ads
އިންޑިއާއިން މިހާތަނަށް 9 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި-
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ނުވަ މިލިއަނަށް
އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވަ މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

މިފަހުން އިންޑިއާ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވެފައިވާއިރު ފާއިތުވި 13 ދުވަސްތެރޭ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 50،000 އަށްވުރެ ދަށް އަދަދަކުންނެވެ. މީގެ ކުރިން ވަނީ ދުވާލެއްގެ މައްޗަށް އެއް ލައްކައާ ގާތްކުރާ އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެނިފަ އެވެ. 

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބަލި ކޮންޓްރޯލް ކުރެވެމުން އަންނައިރު މިބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ވެރިރަށް ނިއުދިއްލީގަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ލޮކްޑައުންއަކަށް ދާންޖެހިދާނެތީ ބުރާސްފަތި ދުވަހު ދިއްލީ ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން މާސްކް ނާޅާ މީހުން 2،000 ރުޕީސްއިން ޖޫރިމަނާކުރަން ނިންމާފައިވެއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ "މިއީ ހުސް ވާހަކަ ދައްކައިގެން ތިބެވޭނެ ވަގުތެއް ނޫން ކަމަށާއި، މިވަގުތު ހަރުކަށިވާން ޖެހޭ" ކަމަށެވެ. މާޗު މަހު އިންޑިއާ އިން ވަނީ ދުނިޔޭގެ އެންމެ ހަރުކަށި އެއް ލޮކްޑައުން އިއުލާނުކޮށްފަ އެވެ. ނަމަވެސް އިގްތިސާދަށް ކުރިމަތިވި ބޮޑެތި ގެއްލުންތަކުގެ ސަބަބުން ފަހުން ވަނީ އެފިޔަވަޅުތަކަށް ލުއިދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި މާސްކް އަޅަނީ ނިސްބަތުން މަދު ބައެކެވެ. އެގޮތުން ވިޔަފާރި ކުރުމާއި ދީނީ ހަރަކާތްތަކަށް ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭއިރު ގިނަ މީހުން އުޅެނީ މާސްކް ނާޅަ އެވެ.

އިންޑިއާއިން ކޮވިޑް-19 އެންމެ ގިނައިން ރިކޯޑް ކުރެވުނު ދުވަސްވަރު ދުވާލަކު 100،000 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެެ.

ދިވާލީ ބަންދަށް ފަހު ކޭސްތައް އިތުރުވުމުން މިދިޔަ ބުރާސްފަތި ދުވަހު އަހުމަދަބާދުގައި ވަނީ ރޭގަނޑު ވަގުތު ކާފިއު އިއުލާނުކޮށްފައެވެ. އަދި ގުޖްރާތު ސްޓޭޓް އިން ވެސް ވަނީ 47،000 މީހުން ބައްޔަށް ޕޮޒިޓިވްވެ ދެހާހާއި ގާތްކުރާ ވަރަށް މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައެވެ.

ދިއްލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ނުކިޔަމަންތެރިވާ މީހުން ޖޫރިމަނާ ކުރެ އެވެ. އެގޮތުން ދިއްލީ އިން ޖޫން މަހުން ފެށިގެން މިހާތަނަށް 500،000 މީހުން މާސްކް ނާޅައިގެން ޖޫރިމަނާކޮށްފައިވާއިރު، 370،000 މީހުން ވަނީ އިޖުތިމާއީ ގައިދުރުކަން ނުބަހައްޓައި އުޅުުމުގެ ސަބަބުން ޖޫރިމަނާކޮށްފަ އެވެ. އަދި މަގުމަށްޗަށާއި އަދި އެހެނިހެން ތަންތަނަށް ކުޅުޖެހުމުގެ ސަބަބުން 3،500 މީހުން ޖޫރިމަނާ ކޮށްފައިވެ އެވެ.

ނިމިދިޔަ ހަފްތާ އިންޑިއާއިން ބައި މިލިއަނަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިކޯޑް އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. ބުރާސްފަތި ދުވަހާ ހަމައަށް ދިއްލީގެ 90 އިންސައްތަ އައިސީޔޫ ވެންޓިލޭޓަރު އެދުތައް ވަނީ ފުރިފަ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ވަނީ ކައިވެނި ހަފްލާތަކަށް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ނުވަދެވޭނެ ކަމަށް އިއުލާންކޮށްފަ އެވެ. އަދި މައި ސަރުކާރު ކިބައިން މާރުކޭޓްތަކުގައި ބަލި ފެތުރޭ ހާލަތެއްގައި އެތަންތަން ބަންދުކުރަން ހުއްދައަށް ވެސް އެދިފައިވެ އެވެ.

އިންޑިއާއަކީ މިވަގުތު ދުނިޔެއިން ދެވަނަށް އެންމެ ބޮޑަށް މިބަލި ފެތުރިފައިވާ ގައުމެވެ. މިހާތަނަށް އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ. އެމެރިކާ އިން 11،859،825 މީހުންނަށް މިބަލި ޖެހިފައިވާއިރު، 253،943 މީހުން ވަނީ ބަލީގައި މަރުވެފައެވެ. 

ދުނިޔޭގަ މިހާތަނަށް 57,379,110 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 1,369,023 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް