ads
ސަނާ ކައިވެނިކުރުން--
ފިލްމު ކުޅުން ހުއްޓާލި ސަނާ ކައިވެނިކޮށްފި
މިދިޔަ މަހުގެ ތެރޭގައި ފިލްމީ ދާއިރާއިން ދުރަށްދާން ނިންމިކަން އިއުލާންކުރި ޖެއި ހޫގެ ތަރި ސަނާ ހާން ކައިވެނިކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަނާ ކައިވެނިކުރީ މުފްތީ އަނަސް ނަމަކަށް ކިޔާ މީހަކަށް ރޭގެ ވަގުތެއްގަ އެވެ. 

ރެއިން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ އޭނާގެ ކައިވެނީގެ ވީޑިއޯ/ފޮޓޯ ކަމަށް ބުނާ ވީޑިއޯ އާއި ފޮޓީ ދައުރުވަމުންނެވެ. އެގޮތުންނ ސަނާ، ހުދު ކުލައިގެ ވެޑިން ޑްރެސްއެއްގައި ހުރިއިރު އޭނާގެ ފިރިމީހާ ފެނިގެންދަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ހެދުން ލައިގެން ހުރި މަންޒަރެވެ. 

މިހާތަނަށް ސަނާ، އޭނާ ކައިވެނިކުރިކަން ހިއްސާކޮށްފައެއް ނުވެ އެވެ. 

އުމުރުން 33 އަހަރުގެ ސަނާ، ފިލްމީ ދާއިރާއިން ދުރަށް ދިޔަ ސަބަބެއްގެ ގޮތުގައި ބުނީ ދީނަށްޓަކައި ކަމަށެވެ. 

އެގޮތުން އެކަން އިއުލާންކޮށް އިންސްޓަގްރާމު ކުރި ޕޯސްޓްގައި ފިލްމީ ދާއިރާގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ސަނާ ބުނީ މި ފަހުން އޭނާ އެންމެ ބޮޑަށް ވިސްނި ކަމަކީ އިންސާނުން ދުނިޔެއަށް ފޮނުވާފައި ވަނީ ހަގީގަތުގައި ވެސް ވެލްތާއި ފޭމް ހޯދުމަަށްތޯ ކަމަށެވެ. އަދި ދުނިޔޭގައި ހޭދަކުރާ މުއްދަތުގައި އެހެން މީހުންނަށް އެހީވުމަކީ ވެސް ކުރަންޖެހޭ ކަމެއް ނޫންތޯ ސުވާލުކޮށް އޭނާ ވަނީ ކޮންމެ ވަގުތެއްގައި ވެސް މަރުވެދާނެ ކަމަށް ވެސް ވިސްނަންޖެހޭ ކަމަށް ބުނެފަ އެވެެ.

ސަނާ ބުނީ އޭނާގެ ދީނުގެ ތެރެއިން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުން އެނގިގެންދަނީ ދުނިޔޭގައި އުޅޭ މުއްދަތަކީ މަރުވުމުން އެ އޮންނަ ހަޔާތް ބާއްޖަވެރިކުރުންކަމަށް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން މަގްބޫލުކަން އިތުރުކުރުން އެއީ ދުނިޔެއަށް ފޮނުވި ހަމައެކަނި ސަބަބު ނޫން ކަމަށާއި މާތްﷲ ގެ މަގުގައި ދުވަސްތައް ހޭދަކުރަން ޖެހޭކަން ވެސް ފާހަގަކުރެ އެވެ.

އެގޮތުން ފިލްމީ ދާއިރާގެ މަސައްކަތް ހުއްޓާލާއި މާތްﷲ ގެ މަގުގައި ދުވަސްތައް ހޭދަކުރަން ނިންމާފައިވާ ކަމަށާއި އަދި އިންސާނިއްޔަތަށްޓަަކައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ސަނާ ބުނެ އެވެ.

ސަނާ މަގްބޫލުވީ ބިގްބޮސް ހަޔަކުންނެވެ. 

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް