ads
އެމްއެންޑީއެފް ޓްރޭނިންގެ ތެރެއިން—-
ކޯސްޓްގާޑުން "ޓްރޭނިން ޑޭ" ނަމުގައި ތަމްރީނެއް ބާއްވައިފި
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ކޯސްޓްގާޑްގެ ސިފައިން އަހުލުވެރި ކުރުމުގެ މަގްސަދުގައި "ޓްރޭނިން ޑޭ" ނަމުގައި ތަމްރީނެއް ބާއްވައިފި އެވެ.

ހުޅުމާލޭ ކޯސްޓްގާޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ އެ ތަމްރީނުގައި ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ލިބެންހުރި ވަސީލަތްތަކާއި އިކުއިޕްމަންޓްސްތައް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައި ވެއެވެ. 

your imageއެމްއެންޑީއެފް ޓްރޭނިންގެ ތެރެއިން—-

މީގެ އިތުރުން ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯ ކުރާނެ ގޮތް ވެސް އެ ތަމްރީނުގައި ކުރިއަށް ގެންގޮސްފައި ވާކަމަަށް އެމްއެންޑީއެފްއިން ބުނެއެވެ. 

އެމްއެންޑީއެފް އިން ބުނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ތަމްރީނުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔައީ ތިއަރީ ކުލާސްތަކެއް ކަމަށާއި އަދި މެންދުރުފަހު ދަންފަޅީގައި ކަނޑަށް ނޫނީ މޫދަށް ތެޔޮ އެޅުމުން، އެ ޕޮލިއުޝަން ނައްތާލާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.

އެއް ދުވަހަށް ކުރިއަށްގެންދިޔަ އެ ތަމްރީނުގައި ކޯސްޓްގާޑުގެ ކޮމާންޑާންޓް ކާނަލް މުހައްމަދު ސަލީމާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި އެޔުނިޓްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ރާއްޖެ ސަރަހައްދުގައި ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާތައް މީގެ ކުރިން ވަނީ ހިނގާފައެވެ. އެގޮތުން އިންޑިއާއަށް ސާފުނުކުރާ ތެޔޮ ހިފައިގެން ލަންކާ ކައިރިން ދަތުރުކުރި ޓޭންކަރުގެ އިންޖީނު ރޫމުގައި އަލިފާން ރޯވެ ސެޕްޓެމްބަރު މަހު ހިނގި ހާދިސާ ފާހަގަކުރެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް