ads
ޝިލްޕާ އާއި އޭނާގެ ފިރިމީހާ ރާޖް--
ޝިލްޕާ ސެޓްކުރަން ރާޖު އުޅުނީ އަގުބޮޑު ހަދިޔާދީގެން!
ބޮލީވުޑުގެ ކުޅަދާނަ ތަރި، ޝިލްޕާ ޝެޓީ އާއި ވިޔަފާރިވެރިޔާ ރާޖް ކުންޑްރާގެ ކައިވެންޏަށް މިވަނީ 11 އަހަރު ފުރިފަ އެވެ. 2009 ވަނަ އަހަރު ކައިވެނިކުރި މި ދެތަރިންގެ ކައިވެންޏަށް ދެ ކުއްޖަކު ލިބިފައިވެ އެވެ. އެއީ އަށް އަހަރުގެ ވިއާން އާއި މިއަހަރު ލިބުނު ސަމީޝާ އެވެ.

މިފަހުން ޝިލްޕާ މިވަނީ އޭނާގެ ކައިވެނީގެ ކުރީގެ ހަނދާންތައް އާކޮށް ވާހަކަ ދައްކާފަ އެވެ. ޝިލްޕާ ބުނީ ފުރަތަމަ ބައްދަލުވިއިރު އޭނާއަކީ މީހަކާ އިނދެގެން ވަރިކޮށްފައި ހުރި މީހެއްކަން ނޭނގޭ ކަމަށާއި އެކަން އެނގުނު ދުވަހު ވަރަށް ދެރަވި ކަމަށެވެ. 

އޭގެ ހަަތަރު މަސް ފަހުން، ރާޖް ވަނީ އޭނާއާއެކު އުޅެން ވެސް އެދިފައި ކަމަށް ބުންޏެވެ. އެކަމަކު އޭރު އެގޮތަށް ބޭނުންނުވި ކަމަށް ވެސް ބުންޏެވެ. 

ޝިލްޕާ ބުނީ ރާޖް އޭރު އުޅުނީ އަގު ބޮޑު ހަދިޔާ ދީގެން އޭނާ ސެޓްކުރަން ކަމަށެވެ. އެގޮތުން އަގު ބޮޑު ބްރޭންޑްތަކުގެ ދަބަސްތައްދީ ހިތް ލަންބާލަން މަސައްކަތްކުރި ކަމަށް ބުންޏެވެ.

އެކަމަކު އެގޮތަށް ނޫޅުމަށް އެދިފައިވާނެ ކަމަށާއި ސަބަބަކީ ދެމީހުންގެ ރަހުމަތްތެރިކަން ގެއްލެން ބޭނުން ނުވާތީ ކަމަށް ވެސް ޝިލްޕާ ބުނެ އެވެ. އަދި އޭރު ރާޖް އުޅެމުން އައީ ލަންޑަނުގައި ކަމަށާއި އެގައުމަށް ބަދަލުވުމުގެ ވިސްނުން ވެސް އޭރު ނެތް ކަމަށް ބުންޏެވެ.

ފަހުން، ރާޖުގެ ވިޔަފާރި އިންޑިއާގައި ފުޅާކޮށް، އެގައުމަށް ބަދަލުވުމުން، ކައިވެނިކުރީ ކަމަށް ވެސް ޝިލްޕާ ބުނެ އެވެ. 

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފުވި ޝިލްޕާ އެންމެ ފަހުން ފެނިގެން ދިޔައީ 2007 ވަނަ އަހަރު ނެރުނު ފިލްމު، "އަޕްނޭ" އިންނެވެ. ފިލްމީ ދާއިރާއާ 12 އަހަރު ދުރުގައި އުޅުމަށް ފަހު ޝިލްޕާ މި ވަނީ، އެނބުރި ފިލްމި ދާއިރާއަށް އައުމަށް ތައްޔާރުވެފަ އެވެ.

ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް އުމުރުން 44 އަހަރުގެ ޝިލްޕާ، އޭނާގެ ސަޕޯޓަރުންނާ ދުރަކަށް ނުދެ އެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ދިޔައީ އުޅޭ ނޫޅޭ ގޮތް ސަޕޯޓަރުންނަށް އަންގަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަފާތު ޑާންސް ރިއަލިޓީ ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ޝިލްޕާ ފެނިގެން ދިޔަ އެވެ.

ޝިލްޕާ ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ބާޒިގަރް" އާއި "ދަޅްކަން" އާއި "ރިޝްތޭ" އާއި "ހިންމަތު" އާއި "އާގް" އާއި "ޕަރްދޭސީ ބާބޫ" އާއި "ލާލް ބާދްޝާހް" އަދި "ފަރޭބް" ހިމެނެ އެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް