ads
އަނުޝްކާ ޝަރްމާ--
ބަނޑުބޮޑަސް އަނުޝްކާ ޕީޕީއީ ކިޓްގައި މަސައްކަތަށް!
ބޮލީވުޑުގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނެރުނު ފިލްމު ޒީރޯ އިންނެވެ. ބެލުންތެރިންގެ މާބޮޑު ތަރުހީބެއް އެ ފިލްމަށް ލިބިފައިނުވާއިރު އޭގެ ފަހުން ރަސްމީކޮށް އިތުރު ފިލްމެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ޕެންޑެމިކް ފެށުމުގެ ކުރިން އޭނާ ވަނީ ކޮލްކަތާގައި އޭނާގެ ކުރިއަށް އޮތް ފިލްމު ކަމަށް ބުނާ ފިލްމުގެ ތައްޔާރީ ފަށާފަ އެވެ. އެއީ ކްރިކެޓް ކުޅުންތެރިޔާ ޖުލާން ގޮސްވާމީގެ ހަޔާތަށް ނެރޭ ފިލްމެއް ކަމަށް ވެ އެވެ.

އޭގެ ފަހުން އަނުޝްކާ ބަނޑުބޮޑުވެފައިވާއިރު އޭނާ ފިލްމެއްގެ މަަސައްކަތަކަށް ނުނިކުމެ އެވެ. އެކަމަކު އިއްޔެ މިވަނީ މުޅި ކްރޫ އިން ސެޓްގައި ޕީޕީއީ ކިޓާއެކު އުޅޭ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެގޮތުން ހީވަނީ ސެޓުގައި ޑްރެސް ކޯޑެއްގައި އުޅޭހެންކަމަށް ބުނެފަ އެވެ.

your imageއަނުޝްކާ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯއެއް--

އަނުޝްކާ ޝޫޓްކުރަމުންދަނީ ކޮން ފިލްމެއްގެ ބައެއްކަން ސާފެއް ނުވެ އެވެ.

މީގެ ދުވަހެއް ކުރިން އަނުޝްކާ ވަނީ އޭނާގެ ބައްޕައާއެކު ސައި ބޯން އިން ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ އަނެއްކާ ވެސް މަސައްކަތަށް ނިކުންނާނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ޖެނުއަރީގައި އޭނާ ވިހާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް