12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
ނެހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ، ދަރިފުޅު މެހެރްއާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--
ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާ
Share
ރާއްޖެއަށް ޒިޔާރާތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ބަޔަކު އަންނަ ގައުމަކަށް އެގައުމުވެއްޖެ އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި އަދިވެސް އޮތީ ރަޝިއާ އެވެ. އެ ޖާގަ ރަޝިއާއިން ކަށަވަރުކޮށްފައި ވަނީ 12،921 ފަތުރުވެރިންނާއެކު އެވެ. 

އޭގެ ފަހުގައި ލިސްޓުގެ ދެވަނައިގައި އިންޑިއާ އޮތްއިރު އެގައުމުން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 5449 ގަ އެވެ. އަދި ލިސްޓުގެ ތިން ވަނައިގައި 4745 ފަތުރުވެރިންނާއެކު އޮތީ ޔޫކޭ އެވެ. 

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި މިހާރު އިންޑިއާ އޮތްއިރު ކޮވިޑްގެ ކުރިން ވެސް އެގައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރި އެވެ. 

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް މަހުން މަހަށް އިތުރުވަމުން އަންނަކަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާލުމުން އެނގެ އެވެ. އެގޮތުން ޖުލައި މަހުގެ 15 ގައި ބޯޑަރު ހުޅުވާލިއިރު މަސް ނިމުންއިރު އައީ 1752 ފަތުރުވެރިއެކެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި 7628 ފަތުރުވެރިން އައިއިރު ސެޕްޓެމްބަރުގައި އައިސްފައި ވަނީ 9538 ފަތުރުވެރިންނެވެ. އޮކްޓޫބަރުގައި އައި ފަތުރުވެރިންގެ އަދަދުތައް 21،515 އަށް އަރާފައިވާއިރު ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 16،982 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފަ އެވެ. 

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 125 ރިސޯޓެއް ހިންގަމުން އަންނައިރު އެއީ 28،856 އެނދެވެ. އަދި މިދިޔަ އޮކްޓޫބަރު 15 ގައި މާލޭ ސަރަހައްދު ފިޔަވައި ހުރިހާ ސަރަަހައްދެއްގެ ގެސްޓްހައުސްތައް ހުޅުވާލާފައިވާއިރު މިނިސްޓްރީން ބުނާ ގޮތުގައި 189 ތަނަކުން މިހާރު އަންނަނީ ހިދުމަތްދެމުންނެވެ. އެއީ 2284 އެނދެވެ. އޭގެ އިތުރުން 122 ސަފާރީއެއް އޮޕަރޭޓްކުރަން ވެސް ހުއްދަދީފައިވާ ކަމަށް ބުނެ އެވެ.  

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް ޒިޔާރާތްކޮށްފައި ވަނީ ޖުމްލަ 59،105 ފަތުރުވެރިއެކެވެ. ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ވެސް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާއިރު ފަތުރުވެރިންގެ އަދަދުތައް އިތުރުކުރަން ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށްކުރުން މުހިއްމުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް