ads
ކޮވިޑް ގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ----
އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް
އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12 މިލިއަނަށް އަރައިފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 12.09 މިލިއަން މީހުން އެމެރިކާއިން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 255,414 މީހުން ވަނީ ބަލީގައި މަރުވެފައެވެ. 

އެމެރިކާއިން މިދިޔަ ހަފްތާ އެކަނިވެސް އެއްމިލިއަން މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

މިދިޔަ ހަފްތާތެރޭގައި އެމެރިކާގެ ހުރިހާ ސްޓޭޓަކުން ވެސް ބަލި ފެތުރުން އިތުރުވެފައިވާކަން ރިކޯޑް ކުރެވިފައިވާއިރު، ނޮވެމްބަރު މަހު މިހާތަނަށް 2.8 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ހުކުރު ދުވަހު އެކަނިވެސް 195،500 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެެ އެވެ. އެއީ މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އޭގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރެވުނު ދުވަހު ރިކޯޑް ކުރެވުނީ 77،100 ކޭސް އެވެ. 

މީގެ އިތުރުން ހުކުރު ދުވަހަކީ ކޮވިޑް-19 ޕެންޑެމިކް ފެށުން ފަހުން މީހާތަނަށް އެގައުމުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކަށް މިބަލީގައި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ދުވަހެވެ. ހުކުރު ދުވަހު އެގައުމުގައި ކޮވިޑް-19 ޖެހިފައި ތިބި 82،100 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. 

މިދިޔަ ހަފްތާ އެގައުމުން ވަނީ 10،000 މަރު ރިޕޯޓް ކޮށްފައެވެ. އެއީ މީގެ އެއް މަސް ކުރިއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އަދި ދެވަނައަށް އެންމެ ބޮޑަށް މިބަލި ފެތުރިފައިވަނީ އިންޑިއާ ގައެވެ. އިންޑިއާއިން މިހާތަނަށް 9.09 މިލިއަން މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 133،227 މީހުންވަނީ ބަލީގައި މަރުވެފަ އެވެ. 

ދުނިޔޭގަ މިހާތަނަށް 57.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 1.3 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް