މޫދުކޮށީގައި ފާނަ އާލާކުރުން--
މާނަގަލާގައި ހެޗަރީއެއް ގާއިމުކުރާނެ ބަޔަކު ހޯދަނީ
Share
ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ގާއިމުކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ގާއިމްކުރުމުގެ މަސައްކަތް ޑިޒައިން ބިލްޑް، ފައިނޭންސް، އޮޕަރޭޓް، މެއިންޓެއިން އަދި ޓްރާންސްފާ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނީ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 12 މަސް ދުވަސް ކަމަށާއި އަދި ހެޗަރީ ހިންގުމަށް ދޫކުރެވޭ މުއްދަތަކީ 20 އަހަރު ދުވަސް ކަމަށެވެ. އެ ޕްރޮޖެކްޓްގައި މާޖިން އޮފް ޕްރިފެރެންސް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުނެ އެވެ.

އަދި ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް އުސޫލުގެ މަތިން، ވޯލްޑް ބޭންކުގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ކަމަށް ވެސް ބުނެފައިވެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތްކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ނެޓް ވޯތްގެ ގޮތުގައި މަދުވެގެން ފަސް މިލިއަން އެމެރިކާ ޑޮލަރު ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެ މަސައްކަތަށް ކުރިމަތިލާ ފަރާތުން ޓެންޓޭޓިވް އިންވެސްޓްމެންޓް ޕްލޭން އަދި ޓެންޓޭޓިވް ފައިނޭންސިން ޕްލޭން ހުށަހަޅަންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މިނިސްޓްރީން ބުނީ ޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

އަދި ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 11:00 ގައި ފިނޭންސްގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ބޭރުގައި ޕްރޮޕޯސަލްއަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ވެސް ލިޔެފައި އޮންނަންވާނެ ކަމަށެވެ.  

ދިނޭންސް މިނިސްޓްރީން ބުނީ ފައިނޭންޝަލް އެންވެލޮޕް ހުޅުވާނީ ޓެކްނިކަލް އިވެލުއޭޝަންގައި ފާސްވާ ފަރާތްތަކުގެ އެކަނި ކަމަށާއި ޓެކްނިކަލް އިވެލުއޭޝަންގައި ފާސްނުވާ ފަރާތްތަކުގެ ފައިނޭންޝަލް އެންވެލޮޕް ނުހުޅުވައި އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް